ޖެހިޖެހިގެން 3 ވަނަ ފަހަރަށް ވީއޭއެމް ޕްރެޒިޑެންޓް ކަޕް ނޯތް ގެ ޗެމްޕިއަންކަން ޕޯލްސްޓަރ ހޯދައިފި — Ihavandhoo.com

ޖެހިޖެހިގެން 3 ވަނަ ފަހަރަށް ވީއޭއެމް ޕްރެޒިޑެންޓް ކަޕް ނޯތް ގެ ޗެމްޕިއަންކަން ޕޯލްސްޓަރ ހޯދައިފި

19 އޭޕުރީލު 2016 2

މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ވީއޭއެމް

މިއަދު ހަވީރު ހދ ކުޅުދޫފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ވީއޭއެމް ޕްރެޒިޑެންޓް ކަޕް ނޯތް މުބާރާތުގެ ފައިނަލް މެޗުގައި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) ސީދާ ތިންސެޓުން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހއ. އިހަވަންދޫ ކުލަބު ޕޯލްސްޓަރ ހޯދައިފިއެވެ.

މިއީ މިމުބާރާތުގެ ޗެމްޕިއަންކަން އިހަވަންދޫ ކްލަބް ޕޯލްސްޓަރއިން ޖެހިޖެހިގެން ކާމިޔާބުކުރި 3 ވަނަ ފަހަރެވެ.

މި މެޗުގެ ސެޓުތައް ޕޯލްސްޓަރ ގެންދިޔައީ 25-17، 25-11 އަދި 25-22 އިންނެވެ. ޕޯލްސްޓަރ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު އެޓީމްވަނީ މުބާރާތުގައި ކުޅުނު ހުރިހައި މެޗަކުން މޮޅުވެފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުނތެރިޔަކަށް ހޮވިފައިވަނީ ޕޯލްސްޓަރގެ ޖާޒީ ނަންބަރު 12 ފާތުމަތު ތަހޫރާއެވެ. އޭނާވަނީ މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ.

މި މުބާރާތުގެ ޑްރީމް ޓީމުގައި ކްލަބް ޕޯލްސްޓަރގެ 5 ކުޅުންތެރުޔަކު ހިމެނިފައިވެއެވެ. އެކުޅުންތެރިންނަކީ ފާތިމަތު ތަހޫރާ، ފާތިމަތު ޝަނީޒާ، މަރިޔަމް ރަޝީދާ، އައިޝަތު އަޒްހާރާ އަދި ނާޒިމާ އަބްދުލްވާޙިދު އެވެ. ޑްރީމް ޓީމްގައި ދެން ހިމެނެނީ ސްކައިގެ ދެ ކުޅުންތެރިން ކަމަށްވާ މަރިޔަމް މިޒާނާ އަދި ފަޒްލާ އަބޫބަކުރެވެ.

އެންމެ މޮޅު ކޯޗަކަށް ސްކައިގެ ކޯޗް ސަފްވާން އަޙްމަދު ހޮވުނުއިރު 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމްގެ މަރިޔަމް މިޒާނާއެވެ. މިމުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކްލަބް ޕޯލްސްޓަރގެ ފާތިމަތު ޝަނީޒާއެވެ.

ޖުމްލަ 5 ޓީމް ވާދަކުރި މިމުބާރާތުގެ ފެއަރޕްލޭޓީމަކަށާއި ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ  ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި)އެވެ. އަދި ތިންވަނަ ހޯދާފައިވަނީ ނޮޅިވަރަމް ކްލަބް ހުވާސްއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމުގެ ޙައިސިއްޔަތުން ޕޯލްސްޓަރއަށް ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅެވޭ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުން ޖާގަލިބިފައިވާއިރު މުބާރާތުގެ ދެވަނަ ޓީމުގެ ގޮތުގައި އެމުބާރާތުން ޖާގަ ލިބިފައިވަނީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) އަށެވެ.

މިދިއަ އަހަރު އޮތް ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައިވެސް ކްލަބްޕޯލްސްޓަރ ވަނީ ރަނގަޅު ކުޅުމެއްދައްކައި މުބާރާތުގެ 2 ވަނަ ހޯދާފައެވެ.

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް 2016, ވީއޭއެމް ޕްރެސިޑެންޓް ކަޕް (ނޯތު)

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޝުކުރިއްޔާ މުހައްމާ ކުޅިވަރަށާއި ޒުވާނުންނަށް އަދި ރަށުގެ ތަރައްޤީ އަށް ތިގެނެސްދޭ ކުރިއެރުމާއި ރީތި ނަމަށް․ މަރުހަބާ ޕޯލްސްޓަރ މަރުހަބާ އިހަވަންދޫ

– 20 އޭޕުރީލު 2016 0

ރަށުގަ ތިބި ހުރިހާ އަންހެނުންތައް ހަލާކުކޮށްފި․․․․․․․․․․․․․․․․․․

– 24 އޭޕުރީލު 2016 0