އިމަގުން ފާހަގަކުރަން އުޅުނު މަސައްކަތު ދުވަސް ކައުންސިލުން ހުއްޓުވައިފި


އިހަވަންދޫ މަދަރުސާގެ ޕީ.ޓީ.އޭ އަށް ފައިސާ ހޯދުމަށް މިއަދު ފެށި ހަރަކާތުގައި އިހަވަންދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ރަމަޟާން މަހާ ދިމާކޮށް މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމަށް އިހަވަންދޫ މަސްވެރިންގެ ގުޅުމުން ކުރަމުންދާ މަސައްކަތައް ފައިސާ ހޯދުމަށްޓަކައި، މާދަމާ ފާހަގަކުރުމަށް ރޭވި މަސައްކަތު ދުވަހުގެ ހަރަކާތްތައް އިހަވަންދޫ ކައުންސިލުން ހުއްޓުވައިފިއެވެ.

އިހަވަންދޫ ކައުންސިލުން އިމަގު ޖަމިއްޔާއަށް ފޮނުވާފައިވާ ސިޓީއެއްގައި ބަޔާންކޮށްފައި ވަނީ "މިސްކިތްތަކަށް ޚަރަދު ކުރުމަށް މަސައްކަތު ދުވަހެއް ފާހަގަ ކުރާނަމަ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯއްްދަވަން ޖެހޭނެ ކަމަށް" ކައުންސިލަށް ފެންނަ ކަމަށާއި، "މަސައްކަތު ދުވަހެއް ބާއްވާނަމަ މި އިދާރާގެ ހުއްދަ ހޯދުމަށް ދެންނެވިން" ކަމަށާއި، "ހުއްދަ ހޯއްދަވައިގެން މަސައްކަތު ދުވަސް ފާހަގަ ކުރާނަމަ" ކައުންސިލްގެ "ފުރިހަމަ އެހީތެރިކަން ދޭނެ" ކަމަށެވެ.

ކައުންސިލްގެ މި ސޓީއަށް ފަހު ފޮނުވި އެހެން ސިޓީއެއްގައި ބަޔާންކޮށްފައި ވަނީ "މަސައްކަތު ދުވަހެއް ފާހަގަކޮށްގެން ފަންޑު ހޯދައިގެން މިސްކިތްތައް މަރާމާތު ކުރުމުގެ ހުއްދަ ތިޔަ ޖަމިއްޔާއަށް ދެވެން ނެތްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވާ" ކަމަށެވެ.

މިކަމާ ގުޅިގެން އިމަގު ޖަމިއްޔާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބަޔާންކޮށްފައި ވަނީ މަސައްކަތު ދުވަހެއް ފާހަގަ ކުރުމަށް ހުއްދައަށް އެދި "އެއްވެސް އިދާރާއަކަށް އަދި މުއައްސަސާއަކަށް" އެ ޖަމިއްޔާއިން ސިޓީ ފޮނުވާފައި ނުވާނެ ކަމަށާއި، އަދި "ޖަމިއްޔާއިން ގަބޫލުކުރާ ގޮތުގައި މަސައްކަތު ދުވަސްތައް ފާހަގަކުރުމަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ނުވަތަ މުއައްސަސާއަކުން ހުއްދަ ހޯދާކަށް ނުޖެހޭނެ" ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައި ވަނީ "އިޖުތިމާޢީ ރޫހުގައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން މަސައްކަތު ދުވަހެއް ފާހަގަ ކުރުމަށް މި ޖަމިއްޔާއިން ނިންމީ ޖަމިއްޔާގެ މަންޒިލް މަގުސޫދަށް ވާސިލްވުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން" ކަމަށެވެ.

"އިމަގުން އިސް ނަގައިގެން ހިންގާ އަދި ރާވާ ގިނަ ހަރަކާތްތަކަށް އިހަވަންދޫ ކައުންސިލް އިދާރާއިން އެއްބާރުލުން ނުލިބުނަސް އިމަގުގެ ހަރަކާތްތައް މިހާރުވެސް ކުރިއަށްދަނީ ރަށުގެ ގިނަ ރައްޔިތުންތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަމުގައި ފާހާގަކުރާ" ކަމަށާއި، "އިހަވަންދޫގެ ތަރައްގީއަށް އިމަގުން ކުރަމުންގެންދާ މަސައްކަތްތަކަށް ހުއްޓުމެއް ގެނައުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރިނަމަވެސް ޤާނޫނީ ގޮތުން ރައްޔިތުންނަށް ލިބިފައިވާ އިހުތިޔާރާއި ބާރުގެ ދަށުން ރަށުގެ ތަރައްގީއަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް އިމަގުން ފަސްނުޖޭނެ" ކަމަށް ވެސް އިމަގު ޖަމިއްޔާގެ ރައީސް މޫސާ ޢަލީ ސޮއިކޮށް ނެރުއްވާފައިވާ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

"އިމަގު ފޭންސް" ފޭސްބުކް ގްރޫޕްގައި މޫސާ ޢަލީ މިރޭ ލިޔުއްވާފައި ވަނީ "މާދަމަ ފާހަގަ ކުރުމަށް ޖަމިއްޔާއިން ހަމަޖެއްސި މަސައްކަތު ދުވަސް، އިހަވަންދޫ ކައުންސިލް އިދާރާއިން ހުއްޓުވުމުން ފާހަގަ ނުކުރާ ގޮތަށް ނިންމައިފިން" ކަމަށެވެ.

މި މަސައްކަތު ދުވަހުގައި ބައިވެރިވުމާ ގުޅޭގޮތުން އިހަވަންދޫ ހެލްތު ސެންޓަރުން އިމަގު ޖަމިއްޔާއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައި ވަނީ "މިސްކިތްތައް މަރާމާތު ކުރުމަށްޓަކައި ސަރުކާރުން ވަނީ އެކަމަށް ހާއްސަ ބަޖެޓެއް ކަނޑައެޅި ނިންމާފައި" ކަމަށާއި، "ބައެއް މިސްކިތްތައް މަރާމާތުކުރުމަށްޓަކައި އިޢުލާނުކުރެވި މަސައްކަތަކެއް ކުރެވެމުން ދާކަންވެސް ފާހަގަ" ކުރާ ކަމަށާއި، "ވީމާ، މިފަދަ މަސައްކަތްތައް ސަރުކާރުން ބަޖެޓް ހޯއްދަވައިގެން ކުރިއަށް ގެންދެވުމަކީ ކައުންސިލްގެ މެނޭޖްމަންޓްގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ މި މަރުކަޒުން އެކަމުގައި ބައިވެރި ނުވާގޮތަށް" ނިންމާފައިވާ ކަމަށެވެ.

އިމަގު ޖަމިއްޔާއިން ފާހަގަކުރަން އުޅުނު މަސައްކަތު ދުވަސް އިހަވަންދޫ ކައުންސިލުން ހުއްޓުވާފައި ވާއިރު، އިހަވަންދޫ މަރަދުސާގެ ބެލެނިވެރިންނާއި ޓީޗަރުންގެ ޖަމިއްޔާއަށް ފައިސާ ހޯދުމަށް މިއަދު ފެށި ހަރަކާތް ފައްޓަވައިދެއްވުމުގައި އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާސިފް ވެސް ބައިވެރިވަޑައިގަތެވެ.

އިމަގު ޖަމިއްޔާ, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިމަގަށް ފުރައްސާރަ ކުރުން ހުއްޓާލާ،

– 8 އޭޕުރީލު 2017 0

ކައުންސިލް އިންތިހާބު ބޯމަތިވެފަ އެޮށްވަ އަމިއްލަ އަތަށް ގޮވީ

– 8 އޭޕުރީލު 2017 0

އިމަގު ވީމަ ކައުންސިލުން ހުއްޓުވޭނެ ކަމަކަށް ނުދެކެން

– 8 އޭޕުރީލު 2017 0

ކައުންސިްލގެ ބަހެއް ތިކަމުގައި ހޯދިންތޯ

– 8 އޭޕުރީލު 2017 0

mi habarugai hamaekani imagu jamiyyaa dhekey gothaai jamiyyaage hinga committee ge ninmumaka nulai nerefaiva noos bayaanuge vaahaka liyefai vaairu, Ihavandhoo councilge baheh hoadhaafai nehkan faahaga kurevey. zinmaadhaaru noosverikamuge imun beyruvefaiva article eh kan faahaga kuran <br>LCE2017 boamathi vefaiva mifadha vaguthehgai mi habaru mee seedhaa ebeyfulhunnah dhekolhah rayyithunnah olhuvailumah liyefaiva liumeh gothuga fenna vaahaka dhennevin. shukuriyya Ihavandhoo.com

– 8 އޭޕުރީލު 2017 0

Council geraees kamum mohamed asif isthiufa dhevuoi mah govallan

– 23 އޭޕުރީލު 2017 0