އިބޫ މިއަދު ހަވީރު އިހަވަންދޫއަށް ވަޑައިގަންނަވަނީ

5 ސެޕްޓެމްބަރު 2018 0

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކެޕޭން ކުރެއްވުމަށް ހއ. އަށް މިއަދު ކުރައްވަމުންދާ ދަތުރުގައި މިއަދު ހަވީރު އިހަވަންދޫއަށް ވަޑައިގަންނަވާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ. ތިން ދުވަހުގެ މުއްދަތަކަށް އިބޫ ކުރައްވާ މިދަތުރުގައި މި އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.

އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އިހަވަންދޫގައިތިބި، އިދިކޮޅު ކޯލީޝަނަށް ތާއީދުކުރާފަރާތްތަކުންދަނީ ތައްޔާރީތައްވަމުންނެވެ. ހަމަ އެއާއިއެކު ސަރުކާރަށް ތާއީދުކުރާ ޕީޕީއެމްގެ ސަޕޯޓަރުންވެސްވަނީ އިބޫ އިހަވަންދޫއަށް ވަޑައިގަތުމާއި ދިމާކޮށް، ވަރަށްބޮޑަށް ފިޔާތޮށިކުލައިން ބަނދަރުމަތި ޒީނަތްތެރިކޮށްފައެވެ.

އިބޫއަށް މަރުހަބާ ދެންނެވުމަށް ގިނަބަޔަކު ބަނދަރަށް ނެރުމަށް އިދިކޮޅު ކޯލީޝަނަށް ނިސްބަތްވާ ފަރާތްތަކުން މަސައްކަތްކުރަމުންދާއިރު، ސަރުކާރަށް ތާއީދުކުރާ ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުންދަނީ އެކަން ހުއްޓުވުމަށް ތަފާތު ނުފޫޒް ފޯރުވުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، އާއިލާގެ އެއްވެސް މީހަކު އިބޫއަށް މަރުހަބާ ކިޔުމަށް ނުކުމެއްޖެނަމަ އެންސްޕާ އަދި އާސަންދަ ފަދަ އިޖްތިމާއީ ރައްކާތެރިކަމުގެ ހިދުމަތްތަކުން މަޙުރޫމްކުރާނެ ކަމުގެ ބިރާއި، ވަޒީފާއިން ވަކިކުރުމާއި އަދި ވަޒީފާ އަދާކުރާތަން ބަދަލުކުރާނެކަމުގެ އިންޒާރު ދީފައިވާކަންވަނީ ފާހަގަކުރެވިފައެވެ.

ރިޔާސީ އިންތިހާބު 2018

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ