އިބޫއަށް މަރުހަބާކިޔަން ނުކުތް އަޙްސަން ތ. ބުރުންޏަށް

7 ސެޕްޓެމްބަރު 2018 4

އަޙްސަން، ވަޒީފާ އަދާކުރާތަން ބަދަލުވިކަން އަންގާފައިވާ ޗިޓް ދައްކާލަނީ.

އިހަވަންދޫއަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ) ކުރެއްވި ދަތުރުގައި އެމަނިކުފާނަށް މަރުހަބާ ކިޔަންނުކުމެ، އިބޫއަށް ތާއީދުކުރާކަން ހާމަކުރި  އިހަވަންދޫ ފެނަކަ ބްރާންޗްގެ ޓެކްނީޝަން ހަސަން އަޙްސަންގެ ވަޒީފާ ތ. ބުރުނީއަށް ބަދަލުކޮށްފިއެވެ. އަޙްސަނަށް އޭނާ ވަޒީފާ އަދާކުރަމުންދާތަން ބަދަލުވިކަން އަންގައި ފޮނުވާފައިވާ ޗިޓްގައި ބުނެފައިވަނީ މިމަހުގެ 12 ވަނަ ދުވަހުންފެށިގެން އޭނާ ވަޒީފާއަށް ނުކުންނަންޖެހޭނީ ތ. ބުރުނީ ފެނަކަ ބްރާންޗަށް ކަމަށެވެ.

މިމަހުގެ 5 ވަނަދުވަހު އިބޫ އިހަވަންދޫއަށް ވަޑައިގެންނެވުމުން އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު އިބޫއަށް މަރުހަބާ ދެންނެވިއެވެ. އަދި އިހަވަންދޫގެ ރައްޔިތުންނާއި ބައްދަލުކުރުމަށްބޭއްވި ރަސްމިއްޔާތުގައި، ކުރިން ސަރުކާރަށް ތާއީދުކުރި ބައެއްފަރާތްތަކުންވަނީ އިދިކޮޅު ފަރާތްތަކާ ބައިއަތު ހިފާފައެވެ.

ސަރުކާރު ކުންފުނިތަކުގައި ތިބޭ މުވައްޒަފުން އިދިކޮޅު ފަރާތްތަކަށް ތާއީދު ކުރާކަން ހާމަ ކުރުމުން މީގެ ކުރިން ވެސް އެފަދަ ފިޔަވަޅުތައް އެކި ކުންފުނިތަކުން އަޅާފައިވެއެވެ.

24 އަހަރުގެ އަޙްސަން އަކީ މިނޫހުން ގެނެސްދޭ "އެމީހުންގެ ހުނަރު" ސެގްމެންޓްގައި ވަރަށްފަހުން ފީޗަރ ކޮށްފައިވާ ހުނަރުވެރި ޒުވާނެކެވެ. އެ އާޓިކަލް ވިދާޅުވެލެއްވުމަށް މިލިންކަށް ކްލިކް ކޮށްލަށްވާށެވެ.

 

ރިޔާސީ އިންތިހާބު 2018, އިހަވަންދޫ އިންޖީނުގެ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Aniyaa verikan inthihaa ah.

– 7 ސެޕްޓެމްބަރު 2018 3

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ، މި އަނިޔާވެރިކަމުން އަޅަމެންނަށް އަވަސް ހައްލެއް ގެނެސްދެއްވާންދޭވެ․

– 7 ސެޕްޓެމްބަރު 2018 3

މިއީ މިނޫހުގައި ޖަހަންޖެހޭ ޚަބަރެއް ކަމަކަށް ނުދެކެން․․․އިހަވަންދޫ ޑޮޓްކޮމްގައި ޖަހަން ޖެހޭނީ ހަމައެކަނި ސިޔާސީ ޚަބަރުތަކެއް ނޫން․․․މިނޫހުގައި ޖަހަން ޖެހޭ ގިނަ ޚަބަރުތަކެއް ނުޖަހާ ރައްޔިތުން ފިތުނަވެރި ކުރުމަށް މިފަދަ ސިޔާސީ ޚަބަރުތައް މިނޫހުގައި ޖެހުމަކީ ބުއްދިވެރި ކަމެއް ނޫން․․

– 12 ސެޕްޓެމްބަރު 2018 0

ސަރުކާރުގެ އަނިޔވެރިކަމުގެ އެއްވެސް ހަބަރެއް މިނޫހުގަ ލިޔެގެން ނުވާނެ․

– 15 ސެޕްޓެމްބަރު 2018 0