އިހަވަންދޫގެ ބިންހިއްކުމަށް 45 މިލިއަންރުފިޔާ ބަޖެޓްގައި ހިމަނައިފި!

29 ނޮވެމްބަރު 2018 0

އިހަވަންދޫގެ ބިން ހިއްކުމަށް 45,695,000 (ސާޅީސް ފަސްމިލިއަން މިލިއަން ހަލައްކަ ނުވަދިހަ ފަސްހާސް ރުފިޔާ)، 2019 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިފިއެވެ. އަލަށްފަށާ މަސްރޫއުއެއް ގޮތުގައި ހިމަނާފައިވާ، މިމަސްރޫޢު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީއޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރގެ ދަށުންނެވެ.

އިހަވަންދޫގެ ބިން ހިއްކުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވެލައްވާފައިވާ ގިނަ ވަޢުދުތަކުގެ ތެރެއިން ވަޢުދެއްކަން ފާހަގަކުރެވެއެވެ. އިހަވަންދޫގެ ބޯހިޔާވަހިކަމަށް ހައްލު ގެނައުމަށްޓަކައި ރަށުން ގޯތި ދޭނީ ބިން ހިއްކުމަށްފަހު ކަމަށް އިބޫ ވިދާޅުވިދާޅުވެފައިވެއެވެ. އަދި ހިއްކާ ބިމުން ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރެވޭނެ ކަމަށްވެސް އިބޫ ވިދާޅުވެފައިވެއެވެ.

އަންނަ އަހަރަށް 30.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، އެބަޖެޓްގައި އިހަވަންދޫގައި ގިނަ މަސްރޫއުތަކެއް ހިންގުމަށް ހިމަނާފައިވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ