އިހަވަންދޫ ކައުންސިލަރުން އަނެއްކާވެސް ސަސްޕެންޑް ކުރަނީ!


ސަސްޕެންޝަނަށްފަހު ކައުންސިލަރުން އޮފީހަށް ނިކުތުމުން އިހަވަންދޫ ރައްޔިތުން މަރުހަބާ ދަންނަވަނީ. ފޮޓޯ: ހަސަން ފަހުދު / ނެކްސްޓް އިފެކްޓް

އިހަވަންދޫ ކައުންސިލަރުން، ސަސްޕެންޑްކުރުމުގެ މަސައްކަތް ވަރަށްބާރަށް ކުރިޔަށްގެންދާކަމުގެ މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އިހަވަންދޫ ކައުންސިލަރުންނާއިމެދު ފިޔަފަޅު އެޅުމަށް، ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގައި އެދިފައިވަނީ ލޭންޑް އެންޑް ސާވޭ އޮތޯރިޓީންނެވެ. ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އެކަމަށްއެދި އެލްޖީއޭއަށް ފޮނުވާފައިވާ ސިޓީ ސޯޝަލް މީޑިއާގައިވަނީ ލީކްކޮށްލާފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އިހަވަންދޫ ކައުންސިލަރުންނާއިމެދު ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީން، މިހިނގާ މެއި މަހުގެ 6 ވަނަދުވަހު އިހަވަންދޫ ކައުންސިލަށްވަނީ އަންގާފައެވެ. ޖަވާބުދާރީވުމަށް އިހަވަންދޫ ކައުންސިލަށް ދީފައިވާ އެންމެފަހު މުއްދަތަކީ މިމަހުގެ 9 ވަނަދު ދުވަހުގެ އޮފީސް ބަންދުކުރުމުގެ ކުރިއެވެ.

ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދުއާއި މިކަމާ ގުޅޭގޮތުން ސުވާލުކޮށްލުމުން ވިދާޅުވީ، ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ މަސައްކަތަކީ ވަކިބަޔަކަށް ނާޖާއިޒް މަންފާތަކެއް ހޯދައިދިނުމަށް ކުރާ ކަމެއްގެ ގޮތުގައެވެ. ލޭންޑް އެންޑް ސާވޭ އޮތޯރިޓީން އިހަވަންދޫ ކައުންސިލްގެ އިހްތިސާސްގެ ތެރެއަށްވަދެ ކައުންސިލަށް ނުފޫޒްފޯރުވުމަށް މަސައްކަތްކުރާކަމަށް އެބޭފުޅާ ތުހުމަތު ކުރެއެވެ.

"މިސާލަކަށް ކައުންސިލުން ފެށުނީންސުރެ އޮޑިހަރުގެވަޅު ދެމުން އައީ ވަކި އުސޫލަކުން. ހަރުގެވަޅަށް ކުރިމަތިލާފައިވާ މީހުންގެ ތަރުތީބުން ހަރުގެވަޅެއް ހުސްވުމުން ދެންޖެހޭމީހާއަށް ދިނުމަށް ކައުންސިލުން ނިންމައި އެގްރީމަންޓް ކޮށްގެން. ހަރުގެ ވަޅުދިނުމަށް ކައުންސިލުން ވާނީ އުސޫލެއްވެސް ހަދައި ފާސްކޮށްފަ. ނަމަވެސް އެއުސޫލާވެސް ހިލާފަށް ކައުންސިލް ސަސްޕެންޝަނުގައި އޮތްއިރު ހަރުގެވަޅަށް އެދުނު ދެ ފަރާތަކަށް އޮޑިހަރުގެވަޅު ދޫކޮށްފައިވޭ" މުހައްމަދު ރަޝީދު ތަފްސީލްކޮށްދެއްވިއެވެ. ރަޝީދު ކަންބޮޑޮވުން ފާޅުކުރެއްވީ އެދުވަސްވަރު 2 ފަރާތަކަށް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ ލަފާގެ ދަށުން އިއުލާން ކުރުމެއްނެތި ހަރުގެ ވަޅު ދޫކޮށްފައިވާއިރު ހަމަ އެދުވަސް ވަރު ހަރުގެ ވަޅަށް އެދުނު އެހެން ބައެއް ފަރާތްތަކަށް ހަރުގެވަޅު ދޫކުރުމަށް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ލަފާދީފައިވަނީ އިއުލާންކޮށްގެން އެންމެ މަތިން މާކްސް ލިބޭފަރާތަށް ކަމަށް ވާތީއެވެ. ރަޝީދު ދެކިލައްވާގޮތުގައި އެއީ ވަކިބަޔަކަށް ނާޖާއިޒް މަންފާތަކެއް ހޯދައިދިނުމެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ  އިދާރީ  ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ކައުންސިލްތަކަށް އެކައުންސިލްގެ އިހްތިސާސްގެ ދަށުގައިވާ ބިންތަކަށް ގޮތްނިންމުމުގެ ބާރުދީފައި ވާނަމަވެސް ކައުންސިލަރުން 2 މެއިގައި އޮފީހަށް ނިކުތުމާއިއެކު ލޭންޑް އެންޑް ސާވޭ އޮތޯރިޓީންވަނީ ބިމާގުޅޭ އެއްވެސް ކަމެއް ނުނިންމުމަށް އިހަވަންދޫ ކައުންސިލަށް އަންގާފައެވެ.

މިދިޔައަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއިގުޅިގެން ހިނގާދިޔަ ކަންކަމުގެ ސަބަބުން، 31 ޖެނުއަރީ 2018 އިން ފެށިގެން 3 މަސްދުވަހަށް ސަސްޕެންޑް ކޮށްފައިވާ އިހަވަންދޫ ކައުނސިލަރުން ސަސްޕެންޝަނަށްފަހު އޮފީހަށް ނުކުމެފައިވަނީ މިހިނގާ މެއި މަހުގެ 2 ވަނަދުވަހުއެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސުބުހާނަﷲ․ ސަރުކާރުން ބޮޑެތިވެގެންވާ ޖަރީމާތައް މި ހިންގަނީ ހައުދަހައުވާ ފައުޅުކަން ބޮޑު ގޮތެއްގައޭ․ ހެއްދެވި ފަރާތް ދެކެ ބިރުވެސް ނުގަންނަނީބާ․

– 7 މެއި 2018 0

ލާމަރުކަޒީ ޤާނޫނަކު ނޯންނާނެ އިހްތިސާސް ހިނގާ ސަރަހައްދުގަ ހުންނަ ބިންތަކާ ބެހޭ ގޮތުން ގޮތް ނިނއމުމުގެ ބާރެއް ކައުމްސިލްތަކަކަށް ދީފައެއް.. އެ ޤާނޫނުގަ އޮންނާނީ ބިމާ ބެހޭ ޤާނޫނާ އެއްގޮތަށް ބިންތައް ކައުންސިލަށް ހޯދުމަށްފަހު ނޫނީ މިލްކު ކުރުމަށްފަހު ގޮތްނިންމާވާހަކަ.. ބިމާ ބެހޭ ޤާނޫނުގެ ދަށުން ހުރިހާ ސިޔާސަތެއް ކަނޑައެޅުމުގެ ބާރު އޮންނާނީ ސީދާ ރައީސުލްޖުމްހީރިއްޔާއަށް. ޢެ ޤާނޫނުގެ ދަށުން އޮންނާނެ ޤަވާއިދެއްވެސް ހަދައިފަ އިހްތިސާސްސްގަ ހުންނަ ބިންތައް ހޯދުމާ މިލްކުކުރުމާ ބެހޭ.. އެއްވެސް ބިމެއް ނެތް އިހަވަންދޫ ކައުންސިލުން މިލްކުކޮށް ނޫނީ ހޯދާފައެއް މިހާތަނަކަށް ދެން ޤާނޫނޭ ކިޔައިގެން ކޮން އަނގައެއް ތަޅާކަށް

– 9 މެއި 2018 1