އިހަވަންދޫ ސިއްޙީމަރުކަޒުގެ ނަން ބަދަލުކޮށްފި — Ihavandhoo.com

އިހަވަންދޫ ސިއްޙީމަރުކަޒުގެ ނަން ބަދަލުކޮށްފި

18 ޖުލައި 2018 2

އިހަވަންދޫ ސިއްޙީމަރުކަޒު. ފޮޓޯ: އިހަވަންދޫ.ކޮމް

އިހަވަންދޫ ސިއްހީ މަރުކަޒުގެ ނަން "އައިމިނާ ތަކުރުފާނުގެ ހަނދާނީ ޞިއްޙީ މަރުކަޒު"ގެ ނަމަށް ބަދަލުކޮށްފިއެވެ. އެ ނަމަށް އެ ޞިއްޙީ މަރުކަޒުގެ ނަން ބަދަލުކޮށްފައިވާކަން އިޢުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމު، އިއްޔަ ހަވީރު އިހަވަންދޫއަށްކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާއި ބައްދަކޮށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް އިހަވަންދޫގެ ރައްޔިތުންނާއި މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިހަވަންދޫގެ ރައްޔިތުން އިހަވަންދޫ ސިއްޙީމަރުކަޒަށް ހަނދާނީ ނަންފުޅެއް ދެއްވަން ބޭނުންވާކަން އެނގިލައްވާފައިވާ ކަމުގައެވެ. "އާދެ މިރަށަކީ ޝައްކެއްވެސް ނެތްގޮތުގައި، މުހައްމަދު ތަކުރުފާނާއި ހަސަންތަކުރުފާނުގެ މަންމާފުޅު އާމިނާ ތަކުރުފާނު އުފަންކުރިރަށް، ތިބޭފުޅުންގެ ފަހުރެއް! ތިބޭފުޅުންގެ ޝަރަފެއް! މުޅި ދިވެހި ރައްޔިތުންގެ ޝަރަފެއް!" ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ އެ ޝަރަފަށްޓަކައި ތިޔަބޭފުޅުންގެ އެދުމާއި އެއްގޮތަށް، މިއަދުން ފެށިގެން އާމިނާތަކުރުފާނުގެ ހަނދާނުގެ ސިއްޙީމަރުކަޒުކަމަށް ސަރުކާރުން ނިންމާފައިވާ ކަމުގައެވެ.

ބޮޑުތަކުރުފާނުގެ މަންމާފުޅަށް، "އައިމިނާ ތަކުރުފާނުގެ" ނަމުން ރައީސް މުހާތަބު ކުރެއްވިނަމަވެސް، ބޮޑުތަކުރުފާނުގެ މަންމާފުޅަކީ "އައިމިނާ ދިޔޯ" އަދި ބައެއް ތާރީހީ ލިޔެކިޔުން ތަކުގައި މުހާތަބު ކޮށްފައިވާ ނަމުންނަމަ "އައިމިނާފާނު" އެވެ. މުޙައްމަދު ތަކުރުފާނަކީ، އުތީމު ޙުސައިން ޚަތީބު ތަކުރުފާނު އިހަވަންދޫ އައިމިނާ ދިޔޯގެ ދަރިކަލުންނެވެ. އާމިނާދިޔޯ އުތީމު ޙުސައިން ޚަތީބު ތަކުރުފާނާ ކައިވެނި ބައްލަވައިގެން އުޅުއްވީ ހއ. އުތީމުގައެވެ.

އިހަވަންދޫގައި ސިއްޙީ ހިދުމަތް ފުރަތަމަ ފަށައިގަތީ 1 ޖޫން 1979 ގައި  އިހަވަންދޫ އޮފީސް އޭރު ހިންގި އިމާރާތުގައެވެ. ޔުނިސެފްގެ އެހީގައި ބިނާކުރެވުނު އަންހެނުންގެ މަރުކަޒުން 23 މެއި 1995 ގައި އިހަވަންދޫއަށް ސިއްޙީ ހިދުމަތް ދޭންފެށިއެވެ.

އިހަވަންދޫ ސިއްޙީ މަރުކަޒު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތާރީޙު ރަނގަޅަށް ދިރާސާކޮށްފަ ވާނުވާ އެނގިގެން މިބާވަތުގެ ތަކެތި ލިއުން މުހިންމު.. ދިޔޯ އަކީ އޭރު ރީތި އަންހެނުންނަށް ކިޔާ ވަނަމެއް.. އެކަމަނާގެ ބައްޕާފުޅަކީ ކައްފީނި ތަކުރުފާނު.. ބައްޕާފުޅުގެ ނަން ފަހަތައްލާފަ އެކަމަނާގެ އަސްލުނަމަކީ އައިމިނަތު(އައިމިނާ) ތަކުރުފާނު.. މިނަން ކުރުކޮށް ކިޔަނީ އައިމިނާފާނު... އިއްތިފާޤުން އެކަމަނާގެ ފިރިކަލުންގެ ނަމުގެ ފަހަތައްވެސް އަންނަނީ ތަކުރުފާނު މިނަން..ދެޔޯ އާ ދިޔޯއާ އެއީ އިސްލާމުންނަށް ކިޔާޒާތުގެ ނަންނަމެއް ނޫންކަން ވިސްނާލީމަވެސް އެނގޭދޯ؟؟

– 19 ޖުލައި 2018 0

އައިމިނާ ދިޔޯ ފާތުމާ ދިޔޯ އެއީ ވަނަންތައް ދިޔޯގެ ރައިވަރުވެސް އޮވެއެއްނު ދޯ؟ އެޒަމާނުގަ ބަލައިލަން ރީތި ކޮންމެ އަންހެނެއްގެ ނަމުގެ ފަހަތުގަ ތިޔޯ އޮންނާނެ. އައިމިނާފާނު އާންމު ނަންފުޅަކީ.. އަސްލު ނަމަކީ އައިމިނާ ތަކުރުފާނު.. ތަކުރުފާނަކީ އެކަމަނާގެ ބައްޕާފުޅުގެ ނަން ވެސްމެ..

– 19 ޖުލައި 2018 0