އިހަވަންދޫ ރައްޔިތުން ތަމްސީލްކުރިޔަނުދޭން މިއުޅެނީ ކީއްވެބާ؟ - އަނަސް

1 ފެބުރުއަރީ 2018 2

އިންތިހާބީ އެމްޕީއެއް، ކައުންސިލަރެއް ހުރިއްޔާ އިހަވަންދޫ ރައްޔިތުން ތަމްސީލްކުރިޔަ ނުދޭން މިވަރަކަށް މިއުޅެނީ ކީއްވެ ކަމާއިމެދު، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު ސުވާލުއުފައްދަވަފިއެވެ. އަނަސް މިސުވާލު އުފެއްދެވީ ދާދިދެންމެއަކު އެބޭފުޅާކުރެއްވި ޓުވީޓެއްގައެވެ.

އަނަސްގެ ޓްވީޓްގައި، ވެރިކަމުގެ ފަރާތުން އިހަވަންދޫ ރައްޔިތުންނާއި މެދު ހަސަދައެއް ގެންގުޅޭ ކަމާއިމެދުވެސްވަނީ ސުވާލު އުފައްދަވާފައެވެ. އަނަސްގެ މިޓްވީޓް މިއައީ، ލޯކަލް ގަވަރމެންޓް އޮތޯރިޓީއިން މިރޭގެ ވަގުތެއްގައި އިހަވަންދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުން 3 މަހަށް ސަސްޕެންޑްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި 29 ނޮވެމްބަރު 2017 ގައި އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ޕީޕީއެމުން ވަކިކޮށްފައިވާ ކަމަށް އެ ޕާޓީން އިލެކްޝަން ކޮމިޝަނަށް އަންގައި އެބޭފުޅާގެ މެމްބަރުކަމުގެ ގޮނޑި ގެއްލުވާލާފައެވެ.

ފާހަގަކުރެވޭގޮތުގައި ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާ މިދަނޑިވަޅަކީ އިހަވަންދޫގައި، އިދިކޮޅު ފަރާތްތަކުން ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވަމުންދާ ދަނޑިވަޅެކެވެ. މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިޖަލްސާގެ ތައްޔާރީ ތަކުގައި 5 ކައުންސިލަރުންވެސްދަނީ ހަރަކާތްތެރިވަމުންނެވެ.

އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މުހައްމާ އިސްތިއުފާ

– 3 ފެބުރުއަރީ 2018 0

މުހައްމާއަކަށް މިކަމެއްނުވާނެކަން ޔަގީން

– 7 ފެބުރުއަރީ 2018 0