އިހަވަންދޫގައި ދީނީ ދަރުސްތަކެއް ކުރިޔަށް އެބަގެންދޭ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

އިހަވަންދޫގައި ދީނީ ދަރުސްތަކެއް ކުރިޔަށް އެބަގެންދޭ

އަމިއްލަ ފަރާތްތަކަކުން އިސްނަގައިގެން، އިހަވަންދޫ ކައުންސިލާއި، އިހަވަންދޫ މަދަރުސާ އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ އެހީތެރިކަމާއިއެކު އިހަވަންދޫގައި ދީނީ ދަރުސްތަކެއް ކުރިޔަށް އެބަގެންދެއެވެ. މިދިޔަ ބުރާސްފަތިދުވަހުގެ މެންދުރުފަހުން ފެށިގެން ކުރިޔަށްދާ މި ދަރުސް ޕޮރޮގްރާމްގެ ދަށުން ހިންގާ ހަރަކާތްތައް މާދަމާ ރެއާއި ހަމަޔަށް ކުރިޔަށްދާނެކަމަށް މިކަން އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ޒުވާނަކު މައުލޫމާތު ދިނެވެ. މިދަރުސް ޕްރޮގްރާމްގައި ދަރުސްތައް ދެއްވަނީ އައްޝައިޙް ޢަބުދުﷲ ރަޝީދެވެ.

އިހަވަންދޫގައި ކުރިޔަށްމިދާ ދަރުސް ޕްރޮގްރާމްގެ ދަށުން މިހާތަނަށް މަސްޖިދުލް ތައުބާގެ އިތުރުން މަސްޖިދުލް ތައާވުންގައިވަނީ ދަރުސްދީފައެވެ. މީގެއިތުރުން ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންނަށް ހާއްސަކޮށްގެންވެސް ދަރުސް ސެޝަންތަކެއްވަނީ ކުރިޔަށް ގެންގޮސްފައެވެ. މީގެއިތުރުން ދޮރުންދޮރަށް ހިނގައި ދަރުހާއި އިސްލާމީ ކައުންސިލިން ދިނުވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.

މިޕްރޮގްރާމްގެ ދަށުންދޭ ބޮޑު ދަރުހުގެ ގޮތުގައި މިރޭ 21:30 ގައި "ޤިޔާމަތުގެ" ނަމުގައި އިހަވަންދޫ މަދަރުސާގައި ދަރުހެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިދަރުހަށް އިހަވަންދޫ ކުދިބޮޑު އެންމެނަށް ވަނީ ދައުވަތުދީފައެވެ. މީގެއިތުރުން މާދަމާ މެންދުރުފަހު 13:30 ގައި އިހަވަންދޫގެ ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުންނާއި އިހަވަންދޫގައިހުރި ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިހަވަންދޫ މަދަރުސާގައި ދަރުހެއް އޮންނާނެއެވެ.

މިދަރުސްތައް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދީފައިވާގޮތުގައި މިފަދަ އިތުރު ދަރުސް ޕޮރްގްރާމްތަކެއް މި ރޯދަމަހު ކުރިޔަށް ގެންދެވޯތޯދަނީ މަސައްކަތްކުރަމުންނެވެ.

 

އިހަވަންދޫ ކައުންސިލް, އިހަވަންދޫ މަދަރުސާ, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ