އިހަވަންދޫގައި ޓާރފް ދަނޑެއް އަޅަނީ!

29 ނޮވެމްބަރު 2018 0

އިހަވަންދޫގައި ޓާރފް ދަނޑެއް އެޅުމަށް، 2019 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނައިފިއެވެ. އަލަށްފަށާ މިމަސްރޫޢު ކުރިޔަށް ގެންދިއުމަށް 500،000ރ (ފަސް ލައްކަ ރުފިޔާ) ހިމަނާފައިވެއެވެ.

އިހަވަންދޫގައި ޓާފް ދަނޑެއް އެޅައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވެލައްވާފައިވާ ގިނަ ވަޢުދުތަކުގެ ތެރެއިން ވަޢުދެއްކަން ފާހަގަކުރެވެއެވެ. އިބޫ ވައުދު ވެފައިވަނީ ޒުވާނުންނަށް ފުޓްސަލް ދަނޑެއްގެ ބަދަލުގައި އިހަވަންދޫގައި ބޮޑު ޓާފް ފުޓްބޯޅަ ބޮޑު އަޅާ ދެއްވާނެކަމަށެވެ.

ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ހިންގި ސްޕޯޓްސްއެރީނާ މަޝްރޫއުގެދަށުން އިހަވަންދޫގައިވަނީ މެޓް އަޅާފައިވާ ފުޓްސެލްދަނޑެއް އަޅާފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ