އިހަވަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި

19 އޭޕުރީލު 2020 0

ހއ. އިހަވަންދޫ މޮނިޓަރިންގެ ހާލަތަށް ގެނައުމަށް އެޗް.ޕީ.އޭ (ހެލްތު ޕުރޮޓެކްޝަންސް އެޖެންސީ) އިން އަންގަވައިފިއެވެ.

އެޗް.ޕީ.އޭ.އިން އިހަވަންދޫ ކަރަންޓީނުކުރުމަށް، އިހަވަންދޫ ކައުންސިލަށް ފޮނުވި ލިޔުމުގައި ވަނީ އިހަވަންދޫ ކަރަންޓީނު ކުރެވެނީ އިހަވަންދޫއަށް ދަތުރުކޮށްފައިވާ އުޅަނދެއްގައި ހުރި މީހެއްގެ ކިބައިން، ކޮވިޑު 19 އަށް ޝައްކުކުރެވެވިގެން ޢަލާމަތްތަކެއް ފެނުމާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

މޮނިޓަރިންގެ މިހާލަތުގައި މިވަގުތު އިހަވަންދޫގައި ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް ކަރަންޓީނު ކޮށްފައިވާކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ