އިހަވަންދޫން 50 އަށްވުރެ ގިނަ މީހުން އެކަހެރިވާން އަންގައިފި

19 އޭޕުރީލު 2020 0

އިހަވަންދޫ ބަނދަރުގައި ހުރި ޖޯލިފަތިތަކެއް ޓާސްކްފޯސް ޓީމުން ނަގަނީ

އެކިރަށްތަކުން އިހަވަންދޫއަށް އައިސްފައިވާ 50 އަށްވުރެ ގިނަ މީހުންނަށް އެކަހެރިވުމަށް އަންގާފިއެވެ.

އިހަވަންދޫގައި ގާއިމުކޮށްފައިވާ ކޮވިޑް ޓާސްކްފޯސް އިން މިނޫހަށް މަޢުލޫމާތު ދެއްވި ގޮތުގައި މާލެއާއި އެހެނިހެން ރަށްތަކުން ރަށަށް އައިސްފައިވާ މީހުންނަށް މީގެ ކުރިންވެސް ސެލްފު އައިސޮލޭޓުވެގެން ތިބުމަށް އިލްތިމާސްކޮށްފައިވާނެ ކަމަށެވެ.

މިހިނގާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ފަހުން މާލެ ސަރަޙައްދުން ރަށްތަކަށް ދަތުރުކޮށްފައިވާ ފަރާތްތައް އެކަހެރިވާން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އެންގުމާއި ގުޅިގެން މިމުއްދަތުގެ ތެރޭގައި އިހަވަންދޫގައި އައިސްފައިވާ 50 އަށްވުރެ ގިނަ މީހުންނަށް އެކަހެރިވުމަށް އަންގަމުންދާކަމަށް ޓާސްކްފޯސް އިން މަޢުލޫމާތު ދެއްވަ އެވެ. ހެލްތު ޕުރޮޓެކްޝަންގެ އެންގެވުމާއި އެކު، ކުރިން ކުރި އިލްތިމާސްގެ ބަދަލުގައި، އެ އެންގުމަށް ތަބާނުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށްވެސް ޓާސްކްފޯސް އިން ދަނީ އަންގަމުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އިހަވަންދޫގައި ހާއްސަ ހާލަތު އިއުލާން ކޮށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ކައުންސިލުން އަޅާފައިވާކަން ފާހަގަ ކުރެވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ