އިހަވަންދޫން ފައްސިވި 5 މީހުން އަދިވެސް ތިބީ އިހަވަންދޫގަ

9 އޮގަސްޓު 2020 1

އާމިނާދިޔޯ ސިއްހީމަރުކަޒުގެ ރެޕިޑް ރެސްޕޯންސް ޓީމުގެ ބޭފުޅުން ބަނދަރުމަތީ. ފޮޓޯ: އޭއެސްޕީ

އިހަވަންދޫން ކޮވިޑް-19 އަށް ފައްސިވި 5 މީހުންވެސް މިވަގުތު އަދި ތިބީ އިހަވަންދޫގައެވެ.

އިހަވަންދޫން އެންމެ ފުރަތަމަ ކޮވިޑަށް ފައްސިވިމީހާ ފައްސިވި ފަހުން މިއަދަށް 9 ދުވަސް ވެފައިވާއިރު، ފައްސިވި މީހުން ފެސިލިޓީސްއަށް ނުގެންގޮސް ލަސްވާ ސަބަބު ހޯދުމަށް މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާމިނާދިއޯ ޞިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު އަކްރަމް ވިދާޅުވީ އިހަވަންދޫން ކޮވިޑް-19 އަށް ފައްސިވެފައިވާ 5 މީހުންވެސް މިވަގުތު ތިބީ އެމީހުން އަމިއްލައަށް ހުންނަން ބޭނުންވާ ތަނެއްގައި ކަމަށާއި ގިނަ މީހުން ފެސިލިޓީސްއަށް ދާން ބޭނުން ނުވާކަމަށެވެ. އަދި އިތުރަށް އޭނާ ވިދާޅުވީ އެމީހުންގެ ފަރުވާގެ ކަންތައް ކުރިއަށް ގެންދަނީ އައިޖިއެމްއެޗްގެ ޓެކްނިކަލް އެޑްވައިޒަރީ ކޮމެޓީން ކަމަށެވެ.

އަކުރަމް ވިދާޅުވީ ކޮވިޑް 19 ޖެހިގެން ފައްސިވި މީހުންނާ ބައްދަލުވި މީހުންގެ ރިސްކު ލެވެލްއަށް ބަލައި އެމީހުންގެ ސާމްޕަލްތައް ނަގަމުން  އަންނަކަމަށެވެ. މިހާރު ނަގާ ސާމްޕަލްތަކުން ނައްސިވި ނަމަވެސް އަދި އެމީހުން ކޮވިޑުން ސަލާމަތްވީ ކަމުގައި ނުވާނެކަމަށާއި، އެފަރާތްތައް ކަރަންޓީނުން ދޫކޮށްލާނީ ދެވަނަ ސާމްޕަލްއެއް ނެގުމަށްފަހު ލިބޭ ނަތީޖާއިން ކަމަށް އަކުރަމް ވިދާޅުވިއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Siyaa <br> Dhen varah dherakameh dhw mee

– 9 އޮގަސްޓު 2020 0