އިމަގު މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


އިމަގު ޖަމިއްޔައިން ބޭއްވި މުބާރާތެއްގެ ތެރެއިން - ފޮޓޯ: އިމަގު

އިމަގު މަދަހަ މުބާރާތް 1438ގެ ނަމުގައި ބާއްވާ މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ހުޅުވާލައިފިއެވެ.

އާމުކޮށް ހުޅުވާލައިގެން އިމަގު ޖަމިއްޔާއިން ކުރިއަށް ގެންދާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހިނގާ ޖޫންމަހުގެ 12 ވާ ހޯމާ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އިމަގު ޖަމިއްޔާއިން ހާމަކުރެއެވެ.

މިމުބާރާތް ކުރިޔަށް ގެންދަނީ ދެބަޔަކަށް ބަހަލައިގެންނެވެ. އެއީ އިންޑުވިޑުއަލް ބަޔާ ގްރޫޕް ބަޔެވެ. އިންޑްވިޑުއަލް ބައި ކުރިޔަށް ގެންދަނީ ދެ އުމުރުފުރަޔަކަށް ބަހާލައިގެންނެވެ. އެއީ ނުވަ އަހަރުންދަށް އަދި ނުވަ އަހަރުން މަތީގެ އުމުރުފުރަޔެވެ. އިންޑުވިޑުއަލް ބައިން 1 ވަނަ އަށްދާ ފަރާތަކަށް 2000ރ އަދި އިނާމު ލިބޭއިރު، 2 ވަނައަށް ދާ ފަރާތަކަށް 1000ރ އަދި އިނާމު ލިބޭއިރު، 3 ވަނައަށް ދާ ފަރާތަކަށް 750ރ އަދި އިނާމު ލިބޭނެކަމަށް އިމަގުޖަމިއްޔާއިން ހާމަކުރެއެވެ.

ގްރޫޕް ބައިން އެއްވަނައަށް އަންނަ ގްރޫޕަކަށް 1000ރ ލިބޭއިރު ގްރޫޕެއްގައި މަދުވެގެން 3 ބައިވެރިން ހިމަނަންޖެހޭއިރު ގިނަވެގެން ގްރޫޕެއްގައި ހިމެނޭނީ 10 ބައިވެރިންނެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އިމަގު އޮފީހުން ލިބެން ހުންނާނެ ކަމަށް އިމަގު ޖަމިއްޔާއިން ހާމަ ކުރެއެވެ.

އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Vana 3 hoadhan v dhw

– 11 ޖޫން 2017 0