އިމްޔާނު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި — Ihavandhoo.com

އިމްޔާނު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

2 ޑިސެމްބަރު 2015 2

މީގެ ކުރިން އިހަވަންދޫގެ ޒުވާނެއްގެ އަތުން އަތުލި މަސްތުވާ ތަކެތިކަމަށް ޝައްކު ކުރެވޭ ދެސްލޯފިންކޮޅު. ޕޮލިސް ފައިލް ފޮޓޯ

މަސްތުވާ ތަކެތީގެ ބާވަތެއް ކަމުގައިވާ "ކެނަބިސް" ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ހއ. އިހަވަންދޫ / ގުޑްލަކް، މުޙައްމަދު އިމްޔާން، އުމުރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި ހުސްވި ނޮވެމްބަރު މަހު 22 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައި ވަނީ "މުޙައްމަދު އިމްޔާން 22 ފެބްރުއަރީ 2013 ދުވަހު، ހއ. އިހަވަންދޫ އަށް ދިޔަ "އަށްޑަނަ" ދޯނިން މުސްތުވާތަކެތި ގެންދާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން، ހއ. އިހަވަންދޫ އަށް އެ ބޯޓު ލެފުމުން މުޙައްމަދު އިމްޔާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މުޙައްމަދު އިމްޔާން އަތުގައި ހުރި ތަކެތި ނެގުމަށް މުޙައްމަދު އިމްޔާން އަށް އެންގުމުން، މުޙައްމަދު އިމްޔާން ލައިގެން ހުރި ސޯޓުގެ ވާތް ފަރާތު ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅެއް ނަގާފައިވާކަން ހެކިންގެ ހެކިބަހުން އެނގޭ" ކަމަށާއި، "މި ދަޅުގައި ހުރި ތަކެތި ތަޙްލީލް ކުރިއިރު، އޭގައި 23.7912 ގްރާމް ކެނެބިސް ހުރިކަން އެތަކެތީގެ ތަޙްލީލް ރިޕޯޓުން އެނގޭ" ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމުގައި އިމްޔާން އުމުރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައި ވުމުގެ އިތުރުން، އޭނާ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާ ކަމަށާއި، އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ކޯޓަށް ދެއްކުމަށް ވެސް އަމުރުކޮށްފައިވެއެވެ.

އިމްޔާންގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައެއްގައި ޙުކުމް ކޮށްފައި ވާއިރު، އިހަވަންދޫގައި މަސްތުވާ ތަކެތީގެ ވަބާ ވަރަށް ބޮޑަށް ފެތުރިފައިވާ ކަމުގެ ކަންބޮޑުވުން ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ.

މަސްތުވާތަކެތި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިއްނާ ލިއްލާހި

– 2 ޑިސެމްބަރު 2015 0

މިކަމުން އަސް ކުރާނި ރަނގަޅު އަސަރެއްކަން ފާހަގަ ކުރެވޭ․ މިކަން ހުއްޓުވުމަކަށް އަންނާނީ ކުއްކުރާ މީހުންނަށް އަދަބު ލިބިގެން

– 3 ޑިސެމްބަރު 2015 0