ހއ. އިންނަފިނޮޅާއި މާފިނޮޅާއި އެކު ބީލަމަށްލި ހަތަރު ރަށުގެ ބީލަން ބާތިލުކޮށްފި — Ihavandhoo.com

ހއ. އިންނަފިނޮޅާއި މާފިނޮޅާއި އެކު ބީލަމަށްލި ހަތަރު ރަށުގެ ބީލަން ބާތިލުކޮށްފި

18 ނޮވެމްބަރު 2014 1

ހއ. އިންނަފިނޮޅާއި މާފިނޮޅު. މިދެރަށަކީވެސް ހުވަރަފުޓާއި އެއްފަޅަކުން ގުޅިފައިވާ ރަށްތަކުގެ ހާރުގައި ހިމެނޭ ދެ ރަށް. ފޮޓޯ:ގޫގަލް އަރތް

ހއ. އިންނަފިނޮޅާއި މާފިނޮޅާއި އެކު، ޓޫރިސްޓް ރިސޯޓް ތަރައްޤީކުރުމަށް  ބީލަމަށްލި ހަތަރު ރަށުގެ ބީލަން ބާތިލުކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކޮށްފައިވާ އިއުލާނުގައިވަނީ އެމިނިސްޓްރީން 17 ނޮވެމްބަރު ގައި ކޮށްފައިވާ އިއުލާން ނަންބަރު (IUL)88-PS/88/2014/63 ގައި ފަތުރުވެރިކަން ތަރައްޤީކުރުމަށްޓަކައި 3 އަތޮޅެއްގައި ރިޒޯޓު ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކުން އެކަން ހާމަކޮށް އެމިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް ކޮށްފައިވާ އިއުލާން ބާތިލް ކުށްފި ކަމުގައެވެ.

އެމިނިސްޓްރީން އިއްޔަ ކޮށްފައިވާ އިއުލާންގައި ވާގޮތުން އަލަށް ޓޫރިސްޓް ރިސޯޓް ތަރައްގީކުރަން ހުޅުވާލާފައިވަނީ ހއ. އަތޮޅު މާފިނޮޅާއި އެއަތޮޅު އިންނަފިނޮޅުގެ އިތުރުން ހދ. އަތޮޅު ދިއްޕަރުފުށި އަދި ށ. އަތޮޅު ބޮލިއްސަފަރެވެ. ހއ. އިންނަފިނޮޅާއި މާފިނޮޅަކީ ހުވަރަފުޓާއި އެއްފަޅަކުން ގުޅިފައިވާ ރަށްތަކުގެ ހާރުގައި ހިމެނޭ ދެ ރަށެވެ.

އިންނަފިނޮޅާއި މާފިނޮޅަކީ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރުމަށް ނިންމާފައިވާ އިއިހެވަންގެ ތެރޭގައި ހިމެނޭ ދެރަށެވެ. މިދެރަށް ވަކިން ޓޫރިސްޓް ރިސޯޓްގެ ގޮތުގައި ތަރައްގީކުރުމަށް ބީލަމަށްލުމުން އައިހެވަން މަޝްރޫއުއާއި މެދު ސުވާލުއުފެދެއެވެ.

ދުވަހުނޫސް ހަވީރުން ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކާއި ހަވަލާދީ ރިޕޯރޓް ކޮށްފައިވަނީ އެ އިއުލާނު ބާތިލުކުރީ ބަދަލުތަކެއް ގެނައުމަށް ކަމަށާއި ވަރަށް އަވަހަށް އަލުން އިއުލާނުކުރާނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިހެރަ އެނގެނީ ސަރުކާރުގެ އެއްވެސް އަމާޒެއް ނެތްކަން. އެޑިއުކޭޝަނުން ރަމްޟާންމަސް ބަންދުކުރިކަހަލަ ކަމެއް ތީ

– 18 ނޮވެމްބަރު 2014 0