އިރައިގެން ނުދާނޭ ވަރުގަދަ އުޅައްގަނޑު – ދަލާއިލުއްތައުޙީދި 15 — Ihavandhoo.com

އިރައިގެން ނުދާނޭ ވަރުގަދަ އުޅައްގަނޑު – ދަލާއިލުއްތައުޙީދި 15

23- ﷲ ސުބްޙާނަހޫ ވަތަޢާލާ، އަހަރެމެންގެ މައްޗަށް ފުރަތަމަ ވާޖިބުކުރެއްވި ކަމަކީ ކޮބާ؟

ޖަވާބު: އެއީ ޠާޣޫތަށް ކާފިރުވުމާއި، ﷲ އަށް އީމާންވުމެވެ. މިކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. “لاَ إِكْرَاهَ فِي الدِّينِ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى لاَ انْفِصَامَ لَهَا وَاللَّهُ سَمِيعٌ عَلِيمٌ”  البقرة: ٢٥٦  މާނަ: “ދީނަށް ވެއްދުމުގައި ގަދަހެދުމެއް ނުވެއެވެ. އެހެނީ ރަނގަޅު ޙައްޤު ތެދުމަގާއި ޙައްޤުނޫން ބާޠިލުގޮތް މިވަނީ ރަނގަޅަށް ބަޔާންވެ އެނގޭށެވެ. އަދި ޠާޣޫތަށް ކާފިރުވެ ﷲ އަށް އީމާންވެއްޖެމީހާ ދަންނައެވެ! ހަމަކަށަވަރުން އޭނާ އެހިފެހެއްޓީ އިރައިގެން ނުދާނޭ ވަރުގަދަ އުޅައްގަނޑެއްގައެވެ. (މަގުނުފުރެދޭނެ ޙައްޤު ތެދުމަގުގައެވެ.) އެއަށް އެއްވެސް އޮޅުމެއް ނެތެވެ. އަދި ﷲއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.”

 24- އަލްޢުރުވަތުލް ވުޘްޤާ،އިރައިގެން ނުދާނޭ ވަރުގަދަ އުޅައްގަނޑު (މަގުނުފުރެދޭނެ ތެދުމަގު) އަކީ ކޮބާ؟

ޖަވާބު: އެއީ ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ޤަބޫލުކުރުމުގެ މަގެވެ. އިލާހަކު ނުވުމޭ ބުނެވޭ މަހުގެ މާނައަކީ ނަފީކުރުމެވެ. އަދި ﷲ މެނުވީއޭ މިބުނެވޭ ބަހުގެ މުރާދަކީ ﷲ އިޘްބާތުކުރުމެވެ.

 25- މިތަނުގައިވާ ނަފީ އަދި އިޘްބާތަކީ ކޮބާ؟

ޖަވާބު: މިތަނުގައި ނަފީކުރަނީ މީސްތަކުން އަޅުކަންކުރުމަށް ގެންގުޅޭ ބާޠިލު އިލާހުންތަކެވެ. އެއީ ﷲ ނޫން ފަރާތްތަކެވެ. އަދި އިޘްބާތުކުރަނީ ﷲ އަށް ޝަރީކަކު ނުވާކަމަށާއި އެއިލާހީ އެއްކައުވަންތަ އިލާހު ކަމަށެވެ. އަދި ހުރިހާ އަޅުކަންތަކެއް ސީދާކުރަންޖެހޭނީ ހަމައެކަނި އެއިލާހަށް ކަމެވެ.

26- މިކަމުގެ ދަލީލަކީ ކޮބާ؟

ޖަވާބު: އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. “وَإِذْ قَالَ إِبْرَاهِيمُ لأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِمَّا تَعْبُدُونَ * إِلاَّ الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ” الزخرف: ٢٦ – ٢٧  “އަދި އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ ޤައުމަށް ވިދާޅުވިއެވެ. (އެކަން ހަނދުމަފުޅުކުރައްވާށެވެ) އަހަރެން މިވަނީ ތިޔަބައިމީހުން ތިޔަ އަޅުކަންކުރާ އެންމެހާ ތަކެތީން ބަރީއަވެގެންނެވެ.” *”ހަމައެކަނި ނެތުމުގެ ތެރެއިން އަހަރެން ހެއްދެވި ފަރާތަށް މެނުވީއެވެ. އެހެނީ ހަމަކަށަވަރުން އެއިލާހު އަހަރެންނަށް ތެދުމަގު ދައްކަވާނެއެވެ.” މިތަނުގައި ނަފީއަކީ وَإِذْ قَالَ إِبْرَاهِيمُ لأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِمَّا تَعْبُدُونَ   ” އަދި އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ ޤައުމަށް ވިދާޅުވިއެވެ. (އެކަން ހަނދުމަފުޅުކުރައްވާށެވެ) އަހަރެން މިވަނީ ތިޔަބައިމީހުން ތިޔަ އަޅުކަންކުރާ އެންމެހާ ތަކެތީން ބަރީއަވެގެންނެވެ.”އެވެ. އަދި އިޘްބާތަކީ إِلاَّ الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ   “ހަމައެކަނި ނެތުމުގެ ތެރެއިން އަހަރެން ހެއްދެވި ފަރާތަށް މެނުވީއެވެ. އެހެނީ ހަމަކަށަވަރުން އެއިލާހު އަހަރެންނަށް ތެދުމަގު ދައްކަވާނެއެވެ.” މިއެވެ.

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =

ދަލާއިލުއް ތައުޙީދި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ