ކުޅުދުއްފުށީ ހޮސްޕިޓަލުގެ މައްސަލާގައި އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން އިހުތިޖާޖަށް ނުކުންނަނީ — Ihavandhoo.com

ކުޅުދުއްފުށީ ހޮސްޕިޓަލުގެ މައްސަލާގައި އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން އިހުތިޖާޖަށް ނުކުންނަނީ

14 ޖެނުއަރީ 2016 0

ކުޅުދުއްފުށީ ހޮސްޕިޓަލުން ދޭ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި އެވެ.

އިހުތިޖާޖުގައި އިސްކޮށް އުޅޭ ފަރާތަކާ ހަވާލާދީ ކުޅުދުއްފުށިޑޮޓްކޮމް އިން ރިޕޯރޓުކޮށްފަިއވާ ގޮތުގައި ހޮނިހިރު ދުވަހު ހެނދުނު “ހޮނިހިރު ބާޒާރު” ސަރަހައްދު ކުރިއަށްގެންދަން ހަމަޖެހިފައިވާ މިމުޒާހަރާގައި ހއ، ހދ އަދި ށ އަތޮޅުން މީހުން ބައިވެރިވާނެ އެވެ.

ސިޒޭރިއަން ހެދުމުގެ ތެރޭގައި ދިމާވި މައްސަލައިގައި ލޭ މަނާ ނުވެ އޮވެ އަންހެނަކު މަރުވި މައްސަލަ އަށްފަހު ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކުރިމަތީގައި އަންނަނީ ސިލްސިލާކޮށް މުޒާހަރާކޮށް، އަޑު އުފުލަމުންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހެދުމަށްފަހު ލޭމަނާނުވެ ނިޔާވި ކުޅުދުއްފުށީ ސިނަމާގެ،  އައިޝަތު ފަރިޔާލް (33އ) ގެ މައްސަލަ ތަޙްޤީޤްކުރުމަށް ޚާއްޞަ ޓީމެއް މިމަހުގެ 12 ވަނަ ދުވަހު ވަނީ ކުޅުދުއްފުއްޓަށް އައިސްފައެވެ. އެޓީމުިގައި ހެލްތު މިނިސްޓްރީގެ ބޭފުޅުންގެ އިތުރުން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއެކު 5 ބޭފުޅުން ހިމެނެއެވެ.

ފަރިޔާލް ސިޒޭރިއަން ހެދި މިސްރުގެ ޑޮކްޓަރ ލުއިސްވަނީ މަޤާމުން ސަސްޕެންޑު ކޮށް މާލެ ގެންގޮސްފައެވެ. 12 ފެބުރުވަރީ 2014 ވަނަ ދުވަހުގެ ރޭ އިހަވަންދޫގެ މީހަކުވެސް ޑޮކްޓަރ ލުއިސްގެ ސިޒޭރިއަން އަކަށް ފަހު ލޭމަނާ ނުވެގެން ނިޔާވެފައި ވާކަން ފާހަގަ ކޮށްލެވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ