ކަމަދޫ ކައުންސިލުން ހާލުގައި ޖެހިފައިވާ ކާވިޔާބޯޓަށް ޖާފަތެއް!

1 ޖެނުއަރީ 2018 2

ދިވެހިންގެ އެއްބައިވަންތަކަމާއި އަހްވަންތަކަމުގެ ނަމޫނާ ދައްކައި ބ.ކަމަދޫ ކައުންސިލްގެ ފަރާތުން، އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުން ހާލުގައި ޖެހިފައިވާ ކާވިޔާބޯޓުގައިތިބި ޕަސިންޖަރުންނަށާއި ފަޅުވެރިންނަށް މެންދުރުގެ ޖާފަތެއް ދީފިއެވެ. ދިވެހި ރަހަތައް ހިމެނޭ މިޖާފަތަށް އިންސާފުކޮށްފައިވަނީ ކަމަދޫގެ ބަނދަރު ސަރަހައްދުގައެވެ. ހއ. އިހަވަންދޫއިން ފުރައިގެން  100 އަށްވުރެގިން މީހުންނާއިއެކު  މާލެއަށް ދަތުރު ކުރަމުން ދިޔަ އިހަވަންދޫ ކާވިޔާ ބޯޓަގެ އިންޖީނަށް މައްސަލައެއް ދިމާވުމުގެ ސަބަބުން ބ. ކަމަދޫ ކަނޑަށް ހުއްޓުނީ ރޭ ދަންވަރުއެވެ. މިއަދު ހެންދުނު ބޯޓްވަނީ ކަމަދޫއަށް ބަނދަރުކޮށްފައެވެ.

ބޯޓުގައިހުރި ފަޅުވެރިއެއް މިނޫހާއި ވާހަކަދައްކަމުންބުނީ ކަމަދޫ ރައްޔިތުންގެ މެހެމާންދާރީ ވަރަށް ފުރިހަމަކަށާއި، މިއަދު ހެންދުނުވެސް އަމިއްލަފަރާތަކުން ހެނދުނުގެ ސައިދިންކަމުގައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު މީސްމީޑިއާގައިވަނީ، ހާލުގައި ޖެހިފައިވާ އިހަވަންދޫ ކާވިޔާބޯޓްގެ އެންމެހާ ބޭފުޅުންނަށް ކަމަދޫގެ ކައުންސިލާއި ރައްޔިތުންގެ ފަރާތުން ބަހައްޓަވާގާތްކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ކަމަދޫގެ ކައުންސިލްގެ ބޭފުޅަކު ވިދާޅުވީ، ދިވެހިންނަކީ އެއްދީނެއްގެ އެއް އަހުންތައެއް ފަދަބަޔެއްކަމަށާއި ބަޔަކު ހާލުގައި ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ވެދެވެންއޮތް އެހީތެރިކަމެއް ވެދޭނެކަމުގެ ޔަޤީންކަން ދެއްވާކަމުގައެވެ.

ކާވިޔާ ބޯޓުން މިނޫހަށް މައުލޫމާތު ދިން ގޮތުގައި، ބޯޓް ކަފުޖަހާނެ އުޅަނދެއް މިހާރުވަނީ ލިބިފައެވެ. އަދި މިރޭ އިރާކޮޅު މާލެދާން ފުރޭނެކަމަށް ލަފާކުރެވެއެވެ.

 

ކާވިޔާ ބޯޓު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިވަރަށް ކާންދޭން ވެއްޖާ ކާވިޔާ ބޯޓު ފަލަ ވެދާނެ އެއްނު․

– 2 ޖެނުއަރީ 2018 0

ހެހެ․ ބަލަ ދިވެހި ބަހަކީ އިޝާރާތެކޭ ބުނެއެއްނޫންތަ

– 2 ޖެނުއަރީ 2018 0