"ކަމެއްކުރަން ފަށަން ބޮޑު މުއްސަންޖަކަށް ވާކަށްވެސް ނުޖެހޭ" - ނިޝާނާ

19 ނޮވެމްބަރު 2018 1

އެމީހުންގެހުނަރު ސެގްމެންޓްގެ މިފަހަރުގެ ބައިިވެރިއަކީ ހއ އިހަވަންދޫ ސުވެސްމޫން ފާތުމަތު ނިޝާނާ އެވެ. ސުކޫލް ދައުރު ނިންމާލުމަށް ފަހު ޓީޗަރއެއްގެ ގޮތުގައި ނިޝާނާ ވަނީ މަސަކަތްކުރައްވަފައެވެ. ނަމަވެސް މި ސެގްމެންޓްގަ އަޅުގަނޑު ތިބޭފުޅުންނާ ހަމައަށް ގެނެސްދޭނީ ފެހުމުގެ ދާއިރާއިން ނިޝާނާ ހޯދާފައި ކާމިޔާބީ ، ފެހުމުގެތެރެއަށް ވަދެވުނުގޮތް، މިކަމުގަދިމާވާ ގޮންޖެހުންތައް، އާއިލާގެ ސަޕޯޓް އަދި ފެހުމުގެ ދާއިރާއާއި ގުޅުންހުރި ވާހަކަތަކެވެ. ފެހުމަކީ ގޭގައި ތިބެގެން  އަންެހެނުނަނަށް އާމްދަނީ ހޯދުމަށް ކުރެވިދާނެ ވަރަށް އަންހެނުންނާ ގުޅޭރީތި މަސައްކަތެކެވެ.

  1. ނިޝާނާގެ ކުރު ތަޢާރަފެއް ދޭނެ ނަމަ ބުނާނީ ކީކޭ؟

ފާތުމަތު ނިޝާނާ، ސުވެސްމޫން، ހއ. އިހަވަންދޫ

ތަޢުލީމު ހާސިލްކުރީ ޕްރީސުކޫލް އެންޑް ޕްރައިމަރީ ޓީޗިން އިން.

މެރިޑް، ހޭވް ޓޫ ކިޑްސް

މި ވަގުތު ދިރިއުޅެނީ މާލޭގަ، އެންމެ ކުރާހިތްވާ ކަމަކީ ކިޔަވައިދިނުން.

 

  1. ޓީޗަރެއްގެ ގޮތުގައި މަސައްކަތް ފެށުނީ ކޮން ހިސާބަކުން؟

ޓީޗަރެއްގެ ގޮތުގައި މަސައްކަތް ފެށުނީ 2004 ( އާފްޓާ މައި އޯ ލެވެލް)

 

  1. މިހާރު ތިކުރާ ވިޔަފާރި ފެށުނުގޮތަކީ ކޮބާ؟

ފެހުމަކީ ވަރަށް ކުޑައިރުން ސުރެން ކުރާ ކަމެއް. ފަހަން ދަސްކުރީ މަންމަ ކައިރިން. މީހުން ލާފަ ހުންނަ ހެދުމުން ކުދި ކުދި ހެނދުން ކަނޑައިގެން ފަހަން ދަސްކުރީ. އެންޑް މިހާރު މިގޮތަށް ބިޒްނަސްއެއް ގޮތަށް ރަސްމީކޮށް ފަހަން މި ފެށުނީ މި އަހަރު އޭޕްރިލް ހާ ހިސާބުގަ. އެއީ ގޭގަ ވަޒީފާއަކަށް ނުގޮސް ހުންނަން ފެށި ހިސާބުން ސްޓާޓްކުރީ މިކަން. ކުރިންވެސް އެފް ބީ ޕޭޖު ތުރޫކޮށް  ފަހާ އެއްޗިސް ހޯދައިގެން ވަޒީފާގަ އުޅެމުން ލިބޭ ހުސްވަގުތު ފަހާ އުޅުނިން. ބަޓް އޭރު މިކަން ކުރަނީ ވަގުތު ލިބޭ ވަރަކުން ކުރާ ކަމެއް ގޮތަށް.

ފިރިމީހަ ވަރަށް ކުރާނެ ގްރަފިކްސް މަސައްކަތް. ފާޑު ފާޑުގެ ކްރިއޭޓިވް އެއްޗިސް ހަދާއުޅޭނެ. އެހާ ތަނުން ޝައުޤުވެރިކަން އުފެދުނީ ދަސްކުރަން. ދަސްކުރީ މި އަހަރު.

ދެން ލިބާހަށް ޕްރިންޓް ކުރުމުގެ އައިޑިއާ އައީ ކޮއްކޮގެ ދަރިފުޅު ވިހަން ވެގެން ލިބާސްކޮޅެއް ހަދާލަން ތަނަކަށް ދިޔަ ހިސާބުން. އެކޮޅުން ބުނެފި އެމްބްރޮއެޑްރީ ކޮށް ބޭނުން ޕިކްސް އެއް ލައިގެން ހަދަން ވަރަށް އުނދަގޫވާނޭ އެހާ ކުޑަ ސްޕޭސް އެއްގަ. ދެން ހިތަށް އެރީ މިކަން ކުރެވޭނެ ގޮތެއް ހޯދާފަ މިކަން ކުރަންވީއޭ. އަސްލު ތުއްތު ކުދިންގެ އެއްޗިސްގަ ލިޔެފަ އިންނަ ލިޔުން ކޮޅާ އެއްކޮށް ކުރެހުމެއް އިނީމަ އޭތި އިތުރަށް ފުރިހަމަވާނެކަމަށް ޤަބޫލުކުރެވޭތީ.

 

  1. ނިޝާނާގެ ނަޒަރުގައި ދިރިއުޅުމުގައި އަންހެނެއްގެ ދައުރުގެ މުހިއްމު ކަމަކީ ކޮބާ؟

ދިރިއުޅުމުގަ އަންހެނުންގެ ދައުރަކީވެސް ވަރަށް ބޮޑު އަދި އެހައިމެ މުހިއްމު ކަމެއް. ދިރިއުޅުމެއް މި ފެށެނީ ދެ މީހަކު ގުޅޭ ހިސާބުން. އެހެންވީމަ ދެމީހުންގެ ދައުރުވެސް ހަމަ އެއްވަރަށް ޝާމިލް ވާން ޖެހޭނެ ކާމިޔާބު ދިރިއުޅުމަށް. މީ އަޅުގަނޑު ދެކޭގޮތް.

 

  1. މަސައްކަތެއް ކުރަން ބޭނުންވެފަ ނުވެދާނެ ކަމަށް ދޫކޮށްލާ އަންހެން ކަނބަލުންނަށް ބުނެލަން އޮތީ ކީކޭ؟

ފުރަތަމަވެސް ކަމެއް ކުރަން ބޭނުންވެފަ ނުވެދާނެޔޭ ހީކުރުން ދޫކޮށްލަންވީ. ކަމެއް ކުރަން ބޭނުންވެއްޖެޔާ ތިމާއަށް އެކަން ވާނޭ ކަމަށް އަމިއްލަ ނަފުސުވެސް ޤަބޫލުކުރަން ޖެހޭނެ. ދެން ހިތްވަރާ އެއްކޮށް އެކަމަކަށް މަސައްކަތް ކޮށްފިއްޔާ ވާނެ އިންޝާ ﷲ. މި ޒަމާނަކީ ކޮންމެ ކަމެއްވެސް އެންމެ ފަސޭހައިން ކުރެވޭ ޒަމާން. ކަމެއްކުރަން ފަށަން ބޮޑު މުއްސަންޖަކަށް ވާކަށްވެސް ނުޖެހޭ. ކުޑަ ކަމަކުން ބޮޑު ކަމެއްވެސް ކުރެވިދާނެ. ބޭނުންވަނީ ކުޑަ ހިތްވަރެއް.

 

  1. ހާސިލް ކުރަން ބޭނުންވާ ލަނޅުދަނޑިއަކީ ކޮބާ؟

އިތުރަށް ބޭނުންވަނީ ތަނެއް ހުޅުވައިގެން މިކުރާ މަސައްކަތް ފުޅާކުރަން އެންޑް ތަންކޮޅެއް ޕްރޮފެޝަނަލްކޮށް މިކަން ކުރެވޭ ގޮތްވުން.

 

  1. ތުއްތު ކުދިންގެ ލިބާސް ފެހުމާއި އޭގަ ބޭނުން އެއްޗެއް ޕްރިންޓު ކޮށްލައިގެން ތައްޔާރު ކޮށްފަ ހުންނަ އިރު ވަރަށް ނަލަ، ކިހާ ޑިމާންޑެއް މަސައްކަތަށް ލިބޭ؟

ވަރަށް ޑިމާންޑް ބޮޑު. ހާއްސަކޮށް ޔަންގް ޖެނެރޭޝަންގެ. އަލަށް ވިހާކުދިން ހަދުވާނެ 10 އޯރ 15 ލިބާސްކޮޅު ވިތް ޑްރޯވިންގސް.

  1. ކަސްޓަމަރުންގެ ފަރާތުން ލިބޭ ކޮމެންޓްތަކަކީ ކޮބާ؟

އަލްޙަމްދު ﷲ ވަރަށް ޕޮޒިޓިވް ކޮމެންޓްސް އަންނަނީ. ލިބާސްކޮޅުތައް ލިބުނީމަ ވަރަށް ގިނަ މީހުން ގުޅާނެ އަދި މެސެޖު ކުރާނެ އެއްޗިސް ކަމުގޮސްގެން.

 

  1. މަސައްކަތަށް އެހީތެރިކަން ލިބެނީ ކޮންބައެއް ފަރާތުން؟

އެންމެ ބޮޑު އެހީތެރިކަން ލިބެނީ ހަސްބެންޑު ދެން މަންމަ އެންޑް ހަސްބެންޑު ފެމިލީ.

 

  1. ދިރިއުޅުމުގެ ކަންކަން ކުރަމުން މަސައްކަތަށް ވަގުތު ހޯދަނީ ކިހިނެއް؟

ކަންކަން ދުރާލާ ވިސްނާލާފަ މެނޭޖުކޮށްލަނީ. ފިރިމީހާ ވަރަށް ސަޕޯޓިވް. ބޮޑަށް މަސައްކަތްކުރަނީ ކުދިން ސުކޫލު ޓައިމްގަ އެންޑް ރޭގަނޑު.

 

  1. ތުއްތު ކުދިންގެ ލިބާހުގެ އިތުރަށް ދެން ފަހައި އުޅެނީ ކޮންކަހަލަ ހެދުމެއް ނުވަތަ އެއްޗެއްސެއް؟

ގިނައިން ހުންނާނީ އަންހެނުން އެންޑް ކުޑަކުދިންގެ އެއްޗިސް ފަހާފަ. ބޭބީ ބެޑް ޝީޓްސް، ވެޑިން ޑްރެސް، ފްލަވާރ ގާލް، ކަލްޗްރަލް ޑްރެސް، ޕާޓީ އެންޑް ކެޝުއަލް.

މީގެ އިތުރުން ފޮޓޯ ނެގުމުގެ ހިދުމަތް ވެސް ދެން. ކުޑަކުދިންގެ ޕާޓީ، ވެޑިން ޕާޓީ އަދި އިވެންޓްސް ތައް ވެސް. ވީޑިއޯ ޑޮކިއުމެންޓަރީ އަދި ޕްރެސެންޓޭޝަން ފުލް ޕެކޭޖު.

 

  1. އެއްޗެއް ފަހަން އޯޑަރެއް ދޭން ހަދަން ޖެހޭނީ ކިހިނެއް؟

އޯޑަރުކޮށްލަން ބޭނުމިއްޔާ ހަދަންޖެހޭނެ ގޮތަކީ، އިންނާނެ އެފްބީ ޕޭޖް " ނިޝާ ފެޝަން އެންޑް ސްޓައިލް" ޕޭޖް ތުރޫކޮށް އޯރ 9648337 އަށް ގުޅައިގެން.

 

  1. މަސައްކަތެއް ނިންމާލުމަށް ކިތައް ދުވަސް ނަގާނެ ގާތްގަނޑަކަށް؟

ކަމެއް ދިމާވެގެން ނޫނީ ކަސްޓަމާސް ބޭނުންވާ ދުވަހަށް ލިބޭނެ. އެންޑް އެ ކަސްޓަމަރަކަށް ވެގެން އުޅޭގޮތެއް ލަސްވެއްޖެޔާ އަންގާލާނަން.

  1. މަސައްކަތުގަ ހުރި ގޮންޖެހުން ތަކަކީ ކޮބާ؟

އެއްޗިސް ލިބުން ދަތިވުން އެންޑް އެއްޗިސް އަގު ބޮޑުވުން. އަޅުގަނޑު ހުރިހާ އެއްޗިސް ގެންނަނީ މާލެއިން. ބައެއް ފަހަރު ބޭނުންވާ ފޮތި ނުލިބިދާނެ އެންޑް މަސައްކަތް ކުރާ ތަނުގެ ދަތިކަން.

 

  1. މަސައްކަތުގެ ދާއިރާއިން ލިބުނު ކުރިއެރުމާއި ކާމިޔާބީ ތަކަކީ ކޮބާ؟

އަލްޙަމދު ﷲ، މުޖުތަމަޢު ބަލައިގަންނަ މަސައްކަތަކަށް މިކަން ވެއްޖެ، އެއީ ވަރަށް ބޮޑު ކާމިޔާބެއް. އަދި އަޅުގަނޑުގެ ޕްރޮޑަކްޓްސްގެ ނޭމް އެއް ދެވިއްޖެ ( ބްރޭންޑް ނޭމް NINNI). އަދި ދިވެހި އުފެއްދުމެއް މާކެޓަށް ނެރެވިއްޖެ. 5000 ޕްލަސް މީހުން ފޮލޯ ކުރޭ އަޅުގަނޑުގެ ޕޭޖް، އެއީވެސް ވަރަށް ބޮޑު ކުރިއެރުމެއް. އަދި އަޅުގަނޑު މިހާރު ބޮޑަށް މި ފަހަނީތުއްތު ކުދިންގެ ލިބާސްކޮޅު ލިޔަން ބޭނުންވާ އެއްޗިސް ލިޔެލައިގެން، ބޮޑަށް ދިވެހި ބަހުން ލިޔެފަ ހުންނަ ލިޔުން ހިމަނައިގެން. ދިވެހި ބަހުން ކުރާ ކަމަކަށް ވެފަ ދިވެހި ބަހުގެ އެކެޑަމީ މިކަން ފާހަގަކޮށް ދެއްވި ހިތްވަރަކީ ވެސް ވަރަށް ބޮޑު ކުރިއެރުމެއް.

 

  1. ފެހުމުގެ އިތުރުން ފޮޓޯ ނެގުމުގެ ޚިދުމަތްވެސް ދެމުން ތި އަންނަނީ. ކިހިނެއް ފެށުނު ކަމެއްތޯ ތިއީ؟

ފޮޓޯ ނެގުމަކީ ހަޒްބެންޑް ކުރާ ކަމެއް ބަޓް މިހާރު މި މަސައްކަތުގެ ތެރެއަށްވެސް ފޮޓޯ ނެގުން ވަދެފަ އިންނަނީ ޕެކޭޖް އެއްގެ ތެރެއިން. ކުޑަކުއްޖެއްގެ ބާތްޑޭ ޑްރެސްއެއް ފަހާއިރު އެމީހަކު ބޭނުންވެދާނެ ކާޑްސް އެންޑް ފޮޓޯ އާ އެއްކޮށް ޕެކޭޖް ނަގަން އެ ގޮތަށް މި ކަމަށް ވަދެފަ އިންނަނީ އެކަން. އެކަމު މިހާރު ވަކިވަކިން މިހިދުމަތް ދެމުން އަންނަނީ ކުޑަކުދިންގެ ޕާޓީ، ވެޑިން ޕާޓީ, އައުޓްޑޯރ ފޮޓޯގްރަފީ އަދި އިވެންޓްސް ތައް ވެސް. ވީޑިއޯ ޑޮކިއުމެންޓަރީ އެންޑް ޕްރެސެންޓޭޝަން ފުލް ޕެކޭޖް. މިކަމަށްވެސް ވަރަށް ތަރުހީބު ބޮޑު. މިހާރު ތިބޭނެ ރެގިއުލަރ ކަސްޓަމަރސް. އަލްހަމދު ﷲ.

  1. ޝުކުރުއަދާކޮއްލަން ބޭނުން ވާފަރާތްތަކަކީކޮބާ؟

ޢާއިލާގެ ހުރިހާ އެންމެން ، ޙާއްސަކޮއް މަންމަ، އަދި ފިރިމީހާ ، އަދި ހުރިހާގޮތަކުން އެހީ ވެދޭހުރިހާ ފަރާތަކަށް ޝުކުރުދަންނަވަން.

 

ނިޝާނާގެ ފިރިމީހާ އާއި ވެސް އަޅުގަނޑު ދެތިން ސުވާލެއްކޮއްލީމެވެ.

ނިޝާ ފާހަގަ ކޮށްފި މަސައްކަތުގަ އެންމެ ބޮޑު އެހީތެރިކަމެއް ދޭ ފަރާތަކީ  ފިރިމީހާ ކަމަށް. ނިޝާގެ މަސައްކަތާ ދޭތެރޭ ދެކޭ ގޮތަކީ ކޮބައިތޯ؟ އަދި ނިޝާ ސިފަކުރާނީ ކިހިނެއްތޯ؟ ފިރިއެއްގެ ދައުރަކީ ކޮބައިތޯ މިފަދަ މަސައްކަތްކުރައްވާ އަންހެން ބޭފުޅުންނަށް؟

ނިޝާ އަކީ ވަރަށް ތަފާތު މީހެއް. ކަންކަން ކުރުމުގަ ވަރަށް ފަރުވާ ބަހައްޓައިގެން އެއްވެސްކަމެއް ވައްޓާނުލާ ކުރާ މީހެއް. މިގޮތުން ދެކުދިންގެ ކަންކަމާ އެކު ފިރިމީހާގެ ކަންތައްވެސް ހުންނާނީ ވަކި އުސޫލެއްގެ ދަށުން ބަރާބަރަށް ކޮށްލާފަ. ފެހުމުގެ ދާއިރާގަވެސް ވަރަށް މޮޅު މީހެކޭ ބުނެވޭނީ. ކުޑަކުދިންގެ ހެދުން އަދި އަންހެނުންގެ ހެދުން ފެހުމުގަ އެހުންނަ ތަފާތު ކަމެއްގެ ސަބަބުން ކަސްޓަމާސް ތިބެނީ އުފަލުން. ޓީޗަރ ކަން ކުރި އިރުވެސް ނިޝާ ފާހަގަވެގެން ދަނީ ވަރަށް މީހުންނާ ގުޅޭ އަދި އެހެން މީހުންގެ ކުރިމަގާމެދު ވިސްނާ ފަރާތެއް ގޮތަށް. ފާއިތުވެ ދިޔަ ދުވަސް ތަކުގައި ސުކޫލުގަ އަދި ގޭތެރެއިން ކޮންމެ ކަމެއް ކުރިނަމަވެސް އަޅުގަނޑުގެ ލަފާ ހޯދާނެ. އަދި ޑިޒައިނިންގެ ކަންކަން ވަރަށް ގިނައިން އަހައި އޮޅުންފިލުވާ އަދި ދަސްކުރަން ވަރަށް ޝައުޤުވެރިކަމެއް ދޭ.

ދިރިއުޅުމުގެ ހާލަތަށް ކުރިމަތިވި ކަމެއްގެ ސަބަބުން ނުރަސްމީކޮށް އައިސް މާލޭގައި ހުންނަން ޖެހުނީމާ ކިޔަވާދިނުމުގެ ދާއިރާއާ ދުރުވާން މަޖުބޫރުވީ. ވަރަށް ހިތްވަރާއެކު އުޅެމުން ގޮސް ދެން ފެށީ އަމިއްލައަށް ފަހަން. ކުރިންވެސް ހުންނާނެ ފަހަން ބޭނުންކުރާ ހުރިހާ ސާމާނެއް. އެހެންކަމުން އިތުރު ދަތިކަމަކާ ނުލައިނފަހަން ފަށައިގެން ނިޝާ ގެނައި އައިޑިއާ ވަރަށް ތަފާތު. އެއީ ރާއްޖޭގަ އެއްވެސް މީހަކު ނުކުރާ ކަމެއް. ބޭބީ ހެދުން އަދި ޓީ-ޝާޓު ގަ ދިވެހި ބަހުން ލިޔުން އަދި ތަސްވީރު ޖަހަން ފެށީ. ކުއަލިޓީ ކޮންޓްރޯލް ކުރުމުގެ ގޮތުން އަމިއްލައަށް ފަހައިގެން ހެދުން ކޮޅު ހަދަނީ. ބޭނުން ވަނީ ކުއަލިޓީ މެޓީރިއަލްއަކުން ދިވެހި އުފެއްދުމެއް ތައްޔާރުކުރަން. ނިޗާގެ އައިޑިއާގަ އިންގޮތަށް ޑިޒައިންތައް ހަދާނީ އަޅުގަނޑު. އެއީ ވަރަށް ތަފާތު ކަމެއް. އެކަން ދިވެހިން ބަލައިގަތީ ވަރަށް ފަހުރުވެރި ކަމާއެކު. މިހާރު ދިވެހި ރާއްޖެއަށް ކުއްޖަކު އުފަންވާ ކަމަށް ވަންޏާ ނިޝާގެ އުފެއްދުމެއް ނުހޯދާ ދެމަފިރިއަކު މަދުވާނޭ ބުނެވިދާނެ.

އެ މަސައްކަތް ފެށިތާ މާ ގިނަ ދުވަހެއް ނުވަނީސް ދިވެހި ބަހުގެ އެކަޑަމީ އިން ނިޝާއަށް ގުޅައިގެން އެ އެކަޑަމީ އަށް ދަޢުވަތުދީ ވަނީ އެކަން ފާހަގަކޮށް، ހޮތްވަރުދީ އެކަމުގެ އަގު ވަޒަން ކޮށްފަ. މީ މި މިސައްކަތަށް ލިބުނު ފުރިހަމަކަމަކާއި ހިތްވަރެއްކަން ގަބޫލުކުރެވޭ.

މި ކަމަކީ އަޅުގަނޑޫވެސް ވަރަށް ޝައުގުވެރިކަން ހުންނަ ކަމެއް. އަބަދުވެސް ބޭނުންވަނީ ނިޝާ އުފަލުގަ ބަހައްޓަދޭން އެހެންވެ މި ކަމުގަ އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ އަޅުގަނޑު. ޑިޒައިނިންނަކީ އަޅުގަނޑުގެ ދާއިރާކަމުން މިކަމަށޤ އިތުރު ބަދަލުތަކެއް ގެނެސް މިކަން ފުޅާކުރަން ވިސްނުން ބެހެއްޓިން. އެގޮތުން އިތުރު ތަފާތު ޑިޒައިންތައް ހަދާ ވީހާވެސް ބޮޑަށް ކުޑަކުދިންނާ ގުޅުން ހުރި ވައްތަރުގެ ކުރެހުމާއި ކުލަތައް ބޭނުންކުރަން ފެށިން. އަދި މިހާރު މި ވަނީ ނިޝާގެ އެފްބީ ޕޭޖަށް ( ނިޝާ ފެޝަން އެންޑް ސްޓައިލް) 5000+ ފޮލޮވާސް ލިބިފަ.އަދި މިހާރު މިވަނީ ނިޝާގެ އަމިއްލަ ބްރޭންޑެއް (NINNI) ނަމުގަ ހަދާފަ. އަޅުގަނޑަކީ ޑީޒައިނިން އަދި ފޮޓޯ، ވީޑިއޯގުރަފީގެ މަސައްކަތްކުރާ މީހެއް ކަމުން މިހާރޔ މިވަނީ އެކަންތައްވެސް ނިޝާގެ ބްރޭންޑް ގެ ދަށުން ގެންދާ ގޮތަށް ނިންމާފަ. އަދި އިންޝާ ﷲ ކުރިއަށް އޮތް ތަނުގައި "NINNI" މި ބްރޭނޑަކީ ދިވެހިން ބަލައިގަންނަ އަދި ދިވެހި ރާއްޖެއަށް އިތުރު ކުރިއެރުންތަކެއް ލިބޭ ބްރޭންޑަކަށް ވެގެން ދާނެ.

އަޅުގަނޑު ފަޚުރުވެރިވެ ﷲ އަށް ޝުކުރުކުރާ ޙާލުގަ ނިޝާ ގެ  ހިތްވަރާއި މަސައްކަތަށް ސާބަސްދެން. އަދި މިކަމުގަ ނިޝާއާ އެކީ އަބަދުވެސް ދެމިހުންނާނަން އިންޝާ ﷲ. 

އެމީހުންގެ ހުނަރުގެ ފަރާތުން ނިޝާނާ އަށް އެދެނީ މަސައްކަތުގައި ކާމިޔާބު އުފާވެރި ކުރިމަގެކެވެ. ބުރަކޮށް މަސައްކަތުގައި އުޅުއްވަމުން ވެސް ހުނަރު ސެގްމަންޓަށް ވަގުތު ކޮޅެއް ހުސްކޮއް ދެއްވީތީ ނިޝާނާ އަދި އަމްޒަލް އަށް ޝުކުރުދަންނަވަމެވެ.

އުއްމީދުކުރަނީ އެމީހުންގެ ހުނަރުގެ މިފަހަރުގެ ސެގްމެންޓް ވެސް ކިޔުންތެރިން ހިތްހަމަޖެހޭ ފަދަ ސެގްމެންޓަކަށް ވެގެންދިޔަކަމަށެވެ. އަދި ނިޝާނާ ފަދަ ހީވާގި ކެރޭ ކަނބަލަކަށް ވުމަށް ކޮންމެ ކަނބަލަކުވެސް ޢަޒުމުކަނޑައެޅުމަށް ހިތްވަރުދެމެވެ.

އެ މީހުންގެ ހުނަރު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Shaaira. You are doing a great job dear. And Nishana those dresses are so cute. Keep going dear.

– 19 ނޮވެމްބަރު 2018 0