ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އިހަވަންދޫން ނެގޭނެ އިންތިޒާމް ހަމަޖައްސައިފި — Ihavandhoo.com

ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އިހަވަންދޫން ނެގޭނެ އިންތިޒާމް ހަމަޖައްސައިފި

30 ޖެނުއަރީ 2020 1

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހއ. އިހަވަންދޫން ދޫކުރާގޮތަށް ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލާއި އިހަވަންދޫ ކައުންސިލާ ދެމެދު މިއަދު ސޮއިކުރައްވައިފިއެވެ.

އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވުނު މި ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިންއެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދެވެ. މި ރަސްމިއްޔާތުގައި އިހަވަންދޫ ކައުންސިލް އިދާރާގެ އިސްވެރިން ބައިވެ ވަޑައިގެންނެވިއެވެ.

ޓްރާސްޕޯރޓް އޮތޯރިޓީން މީގެކުރިން ހަމަޖައްސަވާފައި ވަނީ ހަމައެކަނި އަތޮޅު ކައުންސިލް އިދާރާއިން މި ޚިދުމަތް ދޭގޮތަށެވެ. ނަމަވެސް ލާމަރުކަޒީ އުސޫލުން ރައްޔިތުންނާ ގާތުން ޚިދުމަތް ދެއްވާގޮތަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެން އަތޮޅު ކައުންސިލުން ކަނޑައަޅާ ރަށްރަށުން މިޚިދުމަތް ލިބޭގޮތަށް މިހާރުވަނީ ރޭވިފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އެއްގަމު ލައިސަންސް (ކާރޑް) އިހަވަންދޫއިން ހެދޭނެގޮތް ހަމަޖައްސައިދީ

– 30 ޖެނުއަރީ 2020 0