ކެލާ ޕޮލިސް ސްޓޭޝަން އާއި ކެލާ ލިލީ ޕްރީސްކޫލް ގުޅިގެން އެވެއަރނަސް ޕްރޮގްރާމެއް ހިންގައިފި — Ihavandhoo.com

ކެލާ ޕޮލިސް ސްޓޭޝަން އާއި ކެލާ ލިލީ ޕްރީސްކޫލް ގުޅިގެން އެވެއަރނަސް ޕްރޮގްރާމެއް ހިންގައިފި

7 ސެޕްޓެމްބަރު 2014 1

ނިމިދިޔަ ހަފްތާ ބަންދުގައި ކުރިޔަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ތެރެއިން..

ހއ.ކެލާ ޕޮލިސް ސްޓޭޝަނާއި ކެލާ ލިލީ ޕްރީސްކޫލް ގުޅިގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

5 ސެޕްޓެމްބަރ 2014 ވީ ހުކުރު ދުވަހުގެ ރޭ އަދި ރޭ 21:00 ން 23:00 އަށް ކެލާ ލިލީ ޕްރީސްކޫލްގައި ކުރިޔަށް ގެންދިޔަ މިޕްރޮގްރާމުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލައިފައިވަނީ ކުށަކީ ކޮބައިކަމާއި، ކުޑަކުދިން ކުށްކުރާނެކަމާއި، ބްލީންގ އަދި އާންމު ޢިޖްތިމާއީ މިންގަނޑާއި ޚިލާފް އަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ އިތުރުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަށެވެ.

ނިމިދިޔަ ހަފްތާ ބަންދުގައި ކެލާ ލިލީ ޕްރީ ސްކޫލްގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވީސްގެ ބިޒްނަސް ޕްލޭނުގައި ވާ "މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި، ކުށްމަދުކުރުމާއި، ރަމަތަނުވުމާއި ދެކޮޅަށް މަސައްކަތްކުރުން" އަދި "މުޖުތަމަޢުއަށް ވާސިލުވުން އިތުރުކުރުމާއި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ގުޅުން އިތުރަށް ބަދަހިކުރުން" މި ދެ ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި ކުރިޔަށްގެންދިޔަ ޕްރޮގްރާމެކެވެ.

ހއ. ކެލާ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މީ ކެލާ ސައިޓެއް ތަ؟

– 8 ސެޕްޓެމްބަރު 2014 0