ފުލުހުން އިސްނަގައިގެން ކެލާގައި ޓީމް ބިލްޑިންގ އެކްސްސަރސައިޒްތަކެއް ކުރިއަށް ގެންގޮސްފި — Ihavandhoo.com

ފުލުހުން އިސްނަގައިގެން ކެލާގައި ޓީމް ބިލްޑިންގ އެކްސްސަރސައިޒްތަކެއް ކުރިއަށް ގެންގޮސްފި

31 އޮގަސްޓު 2014 1

ކެލާގައި އިއްޔެ ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން...

ހއ. ކެލާ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން އެރަށުގައިހުރި ސަރުކާރު މުއައްސަސާތަކުގެ މުޥައްއްޒަފުންނަށް އަމާޒުކޮށްގެން ޓީމް ބިލްޑިންގ އެކްސަރސައިސް ތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ ހެނދުނު 8:00 ން ފެށިގެން ހެނދުނު 11:30 އާ ހަމައަށް ކުރިޔަށް ގެންދިޔަ މިހަރަކާތުގައި ތަފާތު ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ކުރިއަށް ގެންދިޔަ ކުޅިވަރުތަކުގެ ތެރޭގައި ފްލެގް ފައިންޑިންގ، ބްލައިބްޑް އެންޑް ކްރޮސްފަދަ ޓީމްވޯރކް ފަދަ ކުޅިވަރުތައް ހިމެނެއެވެ.

ހއ. ކެލާ ކައުންސިލް އިދާރާގެ މުޥައްޒަފުންނާއި ކެލާ ޞިއްޙީމަރުކަޒުގެ މުޥައްޒަފުންގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ކެލާ ބްރާންޗްގެ މުޥައްޒަފުން ބައިވެރިވި މިހަރަކާތަކީ ކެލާގައި ހުރި ސަރުކާރު މުއައްސަސާތަކުގެ މުޥައްޒަފުންގެ ގުޅުން ބަދަހިކުރުމުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވީސްގެ ބިޒްނަސް ޕްލޭނުގައި ވާ "މުޖުތަމަޢުއަށް ވާސިލުވުން އިތުރުކުރުމާއި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ގުޅުން އިތުރަށް ބަދަހިކުރުން" މި ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި، ހއ.ކެލާ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ޙަރަކާތެކެވެ.

ހއ. ކެލާ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިހަވަންދޫގައި ތިބޭ ފުލުހުން ކަމެއް ނުކުރަނީތަ؟ ނޫނީ މިސައިޓުން އިހވަންދޫ ޕޮލިސް ސްޓޭޝަން ބޮއިކަޓް ކުރީތޯ؟

– 31 އޮގަސްޓު 2014 0