ލުބުނާނުގެ ކުނީގެ މައްސަލައަށް ހައްލެއް ލިބެނީ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

02 ދުވަސް

ލުބުނާނުގެ ކުނީގެ މައްސަލައަށް ހައްލެއް ލިބެނީ

10 ސެޕްޓެމްބަރު 2015 0

ލުބްނާނަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް އެއްބަސްވުމަކަށް އާދެވިއްޖެއެވެ. ކުނީގެ މައްސަލަ އާއި ކޮރަޕްޝަނުގެ މައްސަލާގައި މުޒާހަރާކުރާތާ އެތައްދުވަހެއް ވެފައިވަނިކޮށް، ސަރުކާރާއި މުޒާހަރާކުރާ ފަރާތްތަކާއި ދެމެދު އެއްބަސްވުމަކަށް އާދެވިފައި މިވަނީ ދިގުދެމިގެންދިޔަ މަޝްވަރާ ތަކަކަށް ފަހުއެވެ.

އެގޮތުން ކުނި މެނޭޖު ކުރުމުގެ ބާރު ލޯކަލް މުނިސިޕަލްޓީ ތަކަށް ދިނުމަށާއި ބެއިރޫތުގެ ދެ ކުނި މެނޭޖު ކުރާ ސެންޓަރު އަލުން ހުޅުވުމަށް ސަރުކާރުންވަނީ މިހާރު އެއްބަސްވެފައެވެ.

ކުނީގެ މައްސަލަ ފެށިގެން އައީ ބެއިރޫތާއި މައުންޓް ލެބަނަންގައި އުފެދޭ ކުނި އުކާލަން 1996 ގައި ހުޅުވި ނާމެހް ކުނިގޮނޑު ބަންދުކުރުމާއި ހަމައިންނެވެ. ދެ މިލިއަން ޓަނުގެ ކުނިއެޅޭނެ ޖަގައޮތް ނާމެހް ކުނިގޮނޑަކީ 2 އަހަރު ބޭނުން ކުރުމަށްފަހު ބަންދުކުރުމަށް ހުޅުވި ވަގުތީ ކުނިގޮނޑެކެވެ. 

ނަމަވެސް ފާއިތުވި 19 އަހަރުތެރޭ އެ ގޮނޑަށްވަނީ 20 މިލިއަންޓަނުގެ ކުނި ޖަމާވެފައެވެ. އެކަމުގެ ސަބަބުން ތިމާވެއްޓަށާއި ސިއްހަތައް ލިބޭ ގެއްލުންތަކަށް އަޑު އުފުލައި އެސަރަހައްދުގައި ދިރިއުޅޭ މީހުންނާއި އެކްޓިވިސްޓުން ގުޅިގެން ޖެނުވަރީ 2014 ގައި އެ ގޮނޑު ބަންދުކުރިއެވެ. ނަމަވެސް އެކަމަށް ހައްލެއް ހޯދައިދޭނެކަމަށްބުނެ ސަރުކާރުން އަނެއްކާވެސް އަހަރެއްހާ ދުވަހު އެ ގޮނޑު ކުނިއަޅަން ބޭނުންކުރިއެވެ. ނަމަވެސް އަހަރެއްވީ އިރުވެސް އެކަމަށް ހައްލެއް ނުލިބުމުން މިއަހަރުގެ ޖެނުއަރީ މަހުވެސް ކުނިގޮނޑު ބަންދުކުރިއެވެ. އަނެއްކާވެސް ސަރުކާރުން އެދުނީ އިތުރު ހަމަސް ދުވަހަށެވެ.

ނަމަވެސް ހަމަސްވީއިރުވެސް ހައްލެއް ހޯދައެއް ނުދެވުނެވެ. އަނެއްކާވެސް އެސަރަހައްދުގައި ދިރިއުޅޭ މީހުންނާއި އެކްޓިވިސްޓުން ގުޅިގެން ޖަލައި 17 ގައި އެ ގޮނޑު ބަންދުކުރީއެވެ.

ބެއިރޫތުގެ އެންމެ ބޮޑު ކުނި މެނޭޖް ސެންޓަރު ބަންދު ކުރުމާއެކު، ބެއިރޫތުގެ މަގުތައް ކުނިން ފުރުނީއެވެ.

ލުބުނާން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ