އިހަވަންދޫ ދާއިރާގެ ރައީސަކަށް ރާނާގޭ މުހައްމަދު — Ihavandhoo.com

އިހަވަންދޫ ދާއިރާގެ ރައީސަކަށް ރާނާގޭ މުހައްމަދު

28 އޭޕުރީލު 2018 0

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އިހަވަންދޫ ދާއިރާގެ ރައީސްކަމަށް ހއ. އިހަވަންދޫ ރާނާގެ މުޙައްމަދު ރަޝީދު އިންތިހާބުކޮށްފިއެވެ. އިހަވަންދޫ ދާއިރާގެ ރައީސްގެ މަޤާމް ހުސްވެފައިވާތީ، އިއްޔަ ބޭއްވި އިންތިހާބު މުޙައްމަދު ރަޝީދު ކާމިޔާބުކުރީ، ބުލްބުލާގޭ މުޙައްމަދު ޝިފާއު އާއި ވާދަކޮށްގެންނެވެ.

އެމްޑީޕީއިން އާނމުކޮށްފައިވާ މިއިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މުޙައްމަދު ރަޝީދަށް ލިބިފައިވަނީ 177 ވޯޓެވެ. އަދި ޝިފާއުއަށް ލިބިފައިވަނީ 163 ވޯޓެވެ. މި އިންތިހާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ 561 މީހުންގެ ތެރެއިން 341 މީހަކު ވޯޓް ދީފައިވާއިރު 1 ވޯޓްވަނީ ބާތިލްވެފައެވެ.

މުޙައްމަދު ރަޝީދަކީ މިހާރުވެސް އިހަވަންދޫ ކައުންސިލްގެ ރައީސްގެ މަޤާމްގައި ހުންނެވި ބޭފުޅާއެވެ އަދި މުޙައްމަދު ޝިފާއުއަކީ އެމްޑީޕީ އިހަވަންދޫ ދާއިރާގެ ނައިބްރައީސްއެވެ.

އެމްޑީޕީ އިހަވަންދޫ, އެމްޑީޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ