އެމްއޯޔޫގެ ބޮޑު ޖަލްސާއެއް އަންނަމަހު 2 ގައި އިހަވަންދޫގައި — Ihavandhoo.com

އެމްއޯޔޫގެ ބޮޑު ޖަލްސާއެއް އަންނަމަހު 2 ގައި އިހަވަންދޫގައި

25 ޖެނުއަރީ 2018 1

ސަރުކާރާއި އިދިކޮޅަށް ގުޅިގެން މަސައްކަތްކުރާ ސިޔާސީ ޕާޓީތަކުން، އަންނަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުގެރޭ އިހަވަންދޫގައި ޖަލްސާއެއް ބާއްވަން ނިންމާފިއެވެ. އެމްޑީޕީ އިހަވަންދޫ ދާއިރާގެ ނާބުރައީސް އަހުމަދު ޝިފާއު މިނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މިޖަލްސާއަކީ ގުޅިފައިވާ ޕާޓީތަކުން ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށާއި، "ނުހައްގުން" ގޮނޑި ގެއްލުވާލާފައިވާ މެމްބަރުންނާއި، އެކަމުގެ ސަބަބުން ހައްޤުގެއްލިފައިވާ ރައްޔިތުންގެ ދިފާއުގައި އަޑުއުފުލުމަށް ބާއްވާ ޖަލްސާއެއްކަމުގައެވެ. އެބޭފުޅާ ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިން އެ ޖަލްސާގައި ބައިވެރިވާނެކަމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރާއި އިދިކޮޅަށް ގުޅިގެން މަސައްކަތްކުރާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވަނީ އިހަވަންދޫ އޯޕަން ސްޓޭޖްގައެވެ. އަދި ފެބްރުއަރީ 2 ވާ ހުކުރުދުވަހުގެ ރޭ 21:30ގައި ފެށުމަށް ހަމަޖެހިފައިވާ އެޖަލްސާގައި ބައިވެރިވުމަށް ހއ އަތޮޅުގެ ދާއިރާތަކުން މީހުން އައުމުގެ އިންތިޒާމްތައްވެސްދަނީ ހަމަޖައްސަމުންނެވެ.

އެމްޑީޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މިކަހަލަ ވާހަކައެއްވެއްޖާ މި ނޫހުގަ ޖަހާނެ، ކޮރަޕްޝަން!!!

– 25 ޖެނުއަރީ 2018 0