މާފިނޮޅު އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

8 އޮގަސްޓު 2018 0

އެމްޓީސީސީން ހއ ހޯރަފުށީ ކައިރި އަޅާ އެއާޕޯޓަށް ބޭނުންވާ ބިއްކަން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

ހއ ހޯރަފުށީ ކައިރީގައި އަޅާ މި އެއާޕޯޓަށް ހޯރަފުށީ ކައިރީގައި އޮންނަ މާފިނޮޅުން 16 ހެކްޓަރުގެ ބިން އެމްޓީޓީސިން ހިއްކާނެއެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ،މާފިނޮޅު ހިއްކުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީގެ ކޮންނަ ބޯޓް މަހާޖައްރާފާ އާއި ކަޓަރ ޑްރެޖަރ ބޭނުންކޮށްގެން ކަމަށެެެވެ.އަަަދި މިމަސައްކަތް 203 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމުގައެވެ.

މާފިނޮޅު ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން، 888 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީޓީސީން ވަނީ ވިދާޅުވެފައެވެ.މި އެއަރޕޯޓަކީ އެކެއް ޕޮއިންޓް ދޭއް ކިލޯ މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ މި އއާޕޯޓަށް ޖުމްލަ 68 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުވާނެކަމަށް އެމްޓީޓީސީސީން ބުނެއެވެ.

މާފިނޮޅުގައި އަޅާ އެއާޕޯޓް މަޝްރޫޢާއެކު ހއ.އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ފަސޭހަތަކެއް ލިބި، ފަތުރުވެރިކަން ކުރިއަރާދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ