މާފިނޮޅު އެއާޕޯޓަށް ބޭނުންވާ ބިން ނުހިއްކިގެން މަހާޖައްރާފު އަނބުރާ ގެންގޮސްފި

28 އޮގަސްޓު 2018 0

ހއ. ހޯރަފުށީގައި ތަރައްގީކުރާ އެއާޕޯޓް އެޅުމަށް ހއ. މާފިނޮޅުން ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ އެމްޓީސީސީގެ މަހާޖައްރާފު ގެންގޮސްފި އެވެ.

އެނގިފައިވާ ގޮތުގައި ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ މާފިނޮޅު އެއާޕޯޓު ތަރައްގީ ކުރުމަށް ބޭނުންވާ ބިން ނުހިއްކިގެން ކޮންނަ ބޯޓު ގެންގޮސްފައިވަނީ މަހާޖައްރާފު އަޅާފައި ބާއްވަން ޖެހުނު ހިސާބުގައި އޮއިވަރު ހުރި ގޮތުގެ ސަބަބުން ބިން ނުހިއްކިގެންނެވެ.

މަހާޖައްރާފު މިހާރު އަންނަނީ ތ. ގުރައިދޫގެ ބިން ހިއްކުގެ މަސައްކަތެއްގައި ބޭނުންކުރަމުން ކަމަށް ވެއެވެ.  ތ. ގުރައިދޫގެ ބައެއް ހިއްކަން މަހާޖައްރާފު އެ އަތޮޅަށް ފުރީ އޯގަސްޓް 20 ގަ އެވެ.

މާފިނޮޅުގެ ބިން ހިއްކަން ފެށުމުގެ ގޮތުން މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ރޭ ހޯރަފުށީގައި ބޭއްވި ހަފުލާއެއްގައި  ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ 1.2 ކިލޯ މީޓަރުގެ ރަންވޭއަކާ އެކު ހަދާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމަން ޖެހެނީ 203 ދުވަހުން ކަމަށް ވިޔަސް، އޭގެކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި މާފިނޮޅުގެ ބިން ހިއްކުމާ ބެހޭ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ލިބިފައިވާ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

އައިހެވަން, ހއ. ހޯރަފުށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ