މާއިން އަށް އެހީވުމަށް އިހަވަންދޫގައި ހިންގި ހަރަކާތުން ބައިލައްކަ ރުފިޔާ ލިބިއްޖެ

8 އޭޕުރީލު 2018 0

ދެ ކިޑްނީ ފެއިލްވެ، އިންޑިޔާގައި ފަރުވާ ހޯދަމުން އަންނަ ހއ އިހަވަންދޫ، މިނާޒް މުހައްމަދު މާއިން މޫސާއަށް އެހީތެރިވުމުގެގޮތުން މިދިޔަ ހުކުރު ދުވަހު އިހަވަންދޫގައި ހިންގި ހަރަކާތުން ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

އިހަވަންދޫގެ އެކި ސަރަހައްދުތަކަށް ގުރޫޕުތަށް ބަހާލައިގެން ހިންގި މިހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ހުކުރު ދުވަހު ހަވީރު 4 އިން 6 އަށެވެ. މިހަރަކާތުން ޖުމުލަ 55/52737 ދިވެހި ރުފިޔާ އާއި 13 ޑޮލަރު އަދި 500 އިންޑިއަން ރުޕީސް ލިބިފައިވާ ކަމަށް ހެލްޕު މާއިން ޓީމުން ވަނީ ހާމަ ކޮށްފައެވެ.

ދަރުމަވެރިންގެ ޓީމުން އިހަވަންދޫގައި ހިންގި ހަރަކާތުން ލިބުނު ފައިސާ ހުކުރު ދުވަހުގެ ރޭ ވަނީ މާއިންގެ މަންމަ، އައިޝަތު އަޒުހާރާއާ ހަވާލު ކޮށްފައެވެ.

މައިކަޕް 2017

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ