މާއިން އަށް އެހީވުމަށް އިމަގު ޖަމިއްޔާއިން ބެހެއްޓި ފަންޑު ފޮށިތަކުން ލިބުނު ފައިސާ ހަވާލުކޮށްފި

8 އޭޕުރީލު 2018 0

އުމުރުން 11 އަހަރުގެ ހއ. އިހަވަންދޫ މީނާޒު، މުހައްމަދު މާއިން މޫސާ ގެ ފަރުވާއަށް ފަންޑު ހޯދުމަށްޓަކައި އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން އިހަވަންދޫގައި ބެހެއްޓި ފަންޑު ފޮށިތަކުން ލިބުނު ފައިސާ މާއިންގެ އާއިލާއަށް ހަވާލު ކޮށްފިއެވެ.

ރަށުގެ ބައެއް ފިހާރަތަކާއި ހޮޓާ ތަކުގައި ބެހެއްޓި ފަންޑު ފޮށިތަކުން ޖުމުލަ 97/30689ރ (ތިރީސް ހާސް ހަސަތޭކަ އައްޑިހަ ނުވަ ރުފިޔާ ނުވަދިހަ ހަތް ލާރި) ވަނީ ލިބިފައެވެ. ފަންޑު ފޮށިތަކުން ލިބުނު މި ފައިސާ ރޭ އިމަގު ޖަމިއްޔާއިން ވަނީ މާއިންގެ އާއިލާއަށް ހަވާލު ކޮށްފައެވެ. ފައިސާއާ ހަވާލު ވީ މާއިންގެ މަންމަ އައިޝަތު އަޒުހާރާއެވެ.

މުހައްމަދު މާއިންގެ 2 ކިޑުނީ ފެއިލްވެފައިވުމުގެ ސަބަބުން މިވަގުތު ފަރުވާ ހޯދަމުން ދަނީ އިންޑިއާގައެވެ. މިބައްޔަށް ދާއިމީ ހައްލެއް ގެނައުމަށް ޓަކައި ކިޑްނީ ޓްރާންސްޕުލާންޓް ކުރުން ނޫން ގޮތެއް ނެތްކަމުގައި ޑޮކްޓަރުން ވަނީ ލަފާދީފައެވެ.

މަދަދު

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ