މަދިރި ލޯޝަން ލުމުގައި ސަމާލުކަން ދޭންވީ ބައެއް ކަންކަން
11 ޖުލައި 2015
1

މިދުވަސްވަރަކީ ރާއްޖޭގައި ޑެންގީ ހުން ފެތުރެމުންދާ ދުވަސްވަރަކަށް ވާތީ މަދިރި ލޯޝަންފަދަ، މަދިރި ދުރުކޮށްދޭ ތަކެއްޗަށް މިވަނީ ބާރު ބޮޑުވެފައެވެ. މަފަދަ ތަކެތި ބޭނުންކުރުމުގައިވެސް ބައެއް ކަންކަމަށް ސަމާލުކަން ދޭންޖެހެއެވެ. އެއިގެ ތެރެއިން ބައެއް ކަންކަން ލިޔެލާނަމެވެ.
- މަދިރި ލޯޝަން އުނގުޅާނީ ހެދުން ލުމުން ނުފޮރުވި ހާމައަށް ހުންނަ ހިސާބުގައެވެ. ހެދުމުން ނިވާވެފައި ހުންނަ ހިސާބުގައި މަދިރި ލޯޝަން ލުމަކީ ބޭކާރު ކަމެކެވެ.
- ހަލާކުވެ ނުވަތަ ކަނޑައިގެން ގޮސްފައިވާ ފާރުގަންގަޑުގައި މަދިރި ލޯޝަން ނޫގުޅާށެވެ.
- ލޮލާއި އަނގާގައި މަދިރި ލޯޯޝަން ނޫގުޅާށެވެ.
- ކުޑަކުދިންގެ އަތްތިލާގައި މަދިރި ލޯޝަން ނޫގުޅާށެވެ. ސަބަބަކީ ކުޑަކުދިންނަކީ ގިނައިން އަނގަޔަށް އަތްލާބަޔަކަށް ވުމާއިއެކު މަދިރި ލޯޝަނުގެ އަަސަރު އެތެރެހައްޓަށް ކުރުމުގެ ފުރުސަތު އޮންނާނެތީއެވެ.
- މަދިރި ލޯޝަން އުނގުޅައިގެން ނިދުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެންމެ ރަނގަޅީ ގޭތެރޭގައި އުޅޭއިރު މަދިިރި ލޯޝަން އުނގުޅައިގެން ނޫޅުމެވެ.
- މަދިރި ލޯޝަން ގަންނައިރު އެ ލޯޝަނުގައި "ޑީޓް" ހިމެނޭތޯ ބަލާށެވެ. އެއީ ކެންސަރަށް މަގުފަހިވާ މާއްދާއެއް ކަމުން އެ ކެމިކަލް ހިމެނޭ ލޯޝަން ބޭނުން ނުކުރާށެވެ.
- ކުޑަކުދިން އަތަށް މަދިރި ލޯޝަން ފުޅި ދޫކޮށް ނުލާށެވެ.
- މަދިރި ލޯޝަން އުނގުޅައިގެން އެލާޖީ ވާހެން ހީވާނަމަ އިތުރަށް ނޫގުޅާ އަވަހަށް ސިއްޙީ އެހީތެރިއެއްގެ ލަފާ ހޯދާށެވެ.
ޚިޔާލު ފައުޅުކުރުން