ރައްޔިތުންގެ މަޖިލީހަށް ދާއިރާގެ މަންދޫބަކު އިޙްތިޔާރު ކުރުމުގައި ވިސްނާލުން މުހިންމު ބައެއްކަންތައްތައް — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

02 ދުވަސް

ރައްޔިތުންގެ މަޖިލީހަށް ދާއިރާގެ މަންދޫބަކު އިޙްތިޔާރު ކުރުމުގައި ވިސްނާލުން މުހިންމު ބައެއްކަންތައްތައް

3 ޖެނުއަރީ 2019 3

ރައްޔިތުންގެ މަޖިލީހަކީ އެތަނެއްގައި ރައްޔިތުންނާ ގުޅުން ހުރި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ މުޢައްސިސާއެކެވެ. ކޮންމެ 5 އަހަރަކުން އެއްފަހަރު އެދާއިރާގެ ރައްޔިތުންނަށް އެދާއިރާގެ ރައްޔިތުންގެ ފަރާތުން ބަސްބުނާނެ މަންދޫބަކު ހޮވުމުގެ ފުރުޞަތު ލިބިގެންދެއެވެ. މިގޮތަށް މަންދޫބަކު ހޮވުމުގައި ވިސްނާލަންވީ މުހިންމު ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެފަދަ ބައެއްކަންތައްތަކަށް މިތާނގައި އަލި އަޅުވާލާނަމެވެ.

އިސްލާމީ ޝަރިޢަތަށް އަޙްލުވެރި ދީންދެކެ ލޯބިވާ މީހެއްކަމުގައި ވުން.

ޤާނުއަސާސީގައި އިސްލާމީ ޝަރިޢަތާ ޚިލާފުއެއްވެސް ޤާނޫނެއް ނުހެދޭނެކަމުގައި ބަޔާންކުރައްވާފައި ވެއެވެ. އެހެންނަމަވެސް ހިތާމައަކީ އިސްލާމީ ޝަރިޢަތާއި ފުށުއަރާގޮތަށް ޤާނޫނުތައް ބައްޓަންކުރެވި ފާސްކުރެވިގެން ދަނީއެވެ. ޙަޤީޤަތަކީ ކޮންމެ ޤާނޫނެއް ހެދިނަމަވެސް ކަމާގުޅޭ ތަޖުރިބާކާރުންނާއި ޢިލްމުވެރިންގެ ޚިޔާލުވެސް ހޯދައެވެ. އެހެނަސް ވަކިބަޔަކު ބޭނުންވާ ގޮތަށް ޤާނޫނޫތައް ބައްޓަންކުރެވިގެންދާއިރު އިސްލާމްދީނަށް ބީރައްޓެހި ބައެއް ކަންތައްތައްވެސް ޤާނޫނުގެ ތެރެއަށް ގެނެސް ފާސްކުރެވިގެންދަނީ އިސްލާމީ ޝަރިޢަތުގައި ކަންއޮތްގޮތް ނޭނގޭތީއެވެ. ޤްރުއާނާއި ސުންނަތަށް ޢަމަލު ކުރުމުގައި ފަސްޖެހޭމީހުން ތިބުމެވެ. ﷲ އަށް ބިރުވެތިވާ މީހުން މަދުވުމެވެ. އިސްލާމީ ޝަރިޢަތުގައިވާ ގޮތަށް ޢަމަލުކުރުމަކީ ވާޖިބެއްކަން އަންގަވާ ﷲ ވަޙީ ކުރައްވާފައި ވެއެވެ. وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّـهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ މާނައީ "އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ."

އިސްލާމީ ޝަރިޢަތާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރުމުގެ މުހިންމުކަން ބަޔާންކުރައްވާ ރަސޫލާ ޙަދީޘްކުރެއްވިއެވެ. "تركت فيكم أمرين لم تضلوا ما تمسكم بهما كتاب الله وسنتي" "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއަށް ދެ އެއްޗެއް ދޫކުރައްވާފީމެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓާގެން ތިބިހައި ހިނދަކު ތިޔަބައިމީހުން ހަމަ ހިލާ މަގުފުރެދިގެން ނުދާ ހުއްޓެވެ. އެއީ މާތްﷲގެ ފޮތާއި ތިމަން ކަލޭގެފާނުގެ ގޮތެވެ." ކަންމިހެން ހުރުމާއެކު ޤާނޫނުތައް ހެދުމުގައި އިސްލާމީ ޝަރިޢަތަށް އަޚުލުވެރި ބިޔަކުން ހޮވުމަކީ މުހިންމު ކަމެކެވެ.

ޢިލްމު ހުރި މީހެއްކަމުގައިވުން.

ޢިލްމޭ ބުނާ ބަހުގެ މާނައަކީ އެއްގޮތަކަށްވެސް ދީނީ ޢިލްމުގެ ވާހަކަ އެކަންޏެއްނޫނެވެ. ޤާނޫނުތައް ހެދުމާއި ދިރާސާ ކުރުމުގައި ލިބިފައިވާ ޢިލްމުގެ ބޭނުންތެރިކަން ވަރަށް މުހިންމެވެ. ގާނޫނެއް ހެދުމުގައި އެފަދަ ގާނޫނެއް ދުނިޔޭގެ އެހެން ގައުމެއްގައި ހެދިފައިވާނަމަ އެފަދަ ގާނޫނަކުން ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތަކާއި ރައްޔިތުންނަށާއި ދަޢުލަތަށް މަންފާކުރަނީ ކިހާމިންވަރަކަށް ކަން ދެނެގަތުމަށްޓަކައި ޢިލްމީ ދިރާސާތައް ހެދުމުގެ ފަންނުހުރުމާއި އިނގިރޭސިބަސް ނުވަތަ އަރަބި ބަސްފަދަ ބައިނަލަޣުވާނީ ބަސްތައް ދަންނަ މީހަކަށްވުމާއި ދިވެހިބަސް ރަނގަޅަށް އެނގުމަކީ ހަދާ ޤާނޫނުތައް ހަރުދަނާކުރުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެކެވެ. އަދި އެއީ އެހަދާ ޤާނޫނަކުން ރައްޔިތުންނަށް ލިބެންޖެހޭ ފޮނިމީރުކަން ލިބުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް އަޙުލުވެރި މީހެއްކަމުގައިވުން

ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް އަޙުލުވެރި ވުމޭ ބުނެވޭ ބަހުގެ މާނައަކީ އެއްގޮތަކަށްވެސް އެމީހަކު ޤާނޫނީ ވަކީލަކަށް ވާންޖެހޭނެ މީހެކޭ ނޫނެވެ. އެހެންނަސް ޤާނޫނު އަސާސީގައިވާ މަފްހޫމުތައް ރަނގަޅަށް ދަންނަން މީހެއްކަމުގައި ވުމަކީ މުހިންމުކަމެކެވެ. ސަބަބަކީ ރައްޔިތުން މަޖުލީހުގައި ހެދޭ އެއްވެސް ގާނޫނެއް ދިވެހި ރާއްޖޭގެ ގާނުނު އަސީސީއާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ޤާނޫނު އަސާސީގައި އައިސްފައި އޮތުމެވެ. ޤާނޫނުތަކަށް އަޚުލުވެރިވުން މުހިންމުވާ ސަބަބުތަކުގެ ތެރޭގައި ކުރިން ހަދާފައިވާ ޤާނޫނުތަކާ ފުށުއެރުމެން ނުވާގޮތަށް ބިލްތައް ބައްޓަންކުރުމާއި، ރައްޔިތުންގެ މަޖުލީގެ މެންބަރުންނަކީ ޢިއްޒަތްތެރި ފަރާތެއްކަމުގައި ވުމާއެކު ހެދިފައިވާ ޤާނޫނުތަކާ ޚިލާފުކަންތައްތަކުން ދުރުހެލިވެހުރުމެވެ.

ޕާޓީތަކާއި އެހެން ނުފޫޒުގަދަ ފަރާތްތަކުގެ ޢަޅަކަށް ނުވުން.

ދާއިރާގެ ރައްޔިތުންގެ މަންދޫބަކު ހޮވުމުގައި ސަމާލުވަންޖެހޭ އަދި ދެނެގަންނަން އެންމެ އުނދަގޫ އެއްކަމަކީ މީއެވެ. ރައްޔިތުންގެ މަންދޫބަކަށް ހުންނަމީހާ އިސްކުރަން ޖެހެނީ ޕާޓީތަކުގެ މަސްލަހަތެއް ނޫނެވެ. އެހެނެއްކަމަކު ހުރިހާ ރައްޔިތުންނާއި ޤައުމުގެ މަސްލަހަތެވެ. އެފަދަ މަންދޫބަކު ރައްޔިތުންނާ ގުޅުންހުރި ކޮންމެ ކަމެއްގައި "ފެހި ފިތަށް" އޮއްބާލަންވާނީ ދާއިރާގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާގެންނެވެ. އެހެންކަމުން ހިޔާލާއި މަޝްވަރާ ހޯދުމުގެ ހަރުދަނާ ނިޒާމެއް ރައްޔިތުން ހޯވާ މަންދޫބަކު ޤާއިމުކުރަންވާނެއެވެ.

އިސްވެދެންނެވުނު ކަންތައްތަކަކީ ރައްޔިތުންގެ މަޖުލީހަށް މެންބަރަކު ވިސްނާލުން މުހިންމު ކަންތައްތަކެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

kithahmme varakah visnias thiya kanthah thah furihama canditayeh neh

– 3 ޖެނުއަރީ 2019 0

މޫސަ․ މަޖުލީހަށް ކުރިމަތިލާ މީހަކީ އަމާނާތްތެރިއަކަށްވުމާއި އެއްވެސް އިރެއްގައި ޖިނާއީ ކުށެއް ސާބިޠުވެ ޖަލަށްލެވި އަރުވާލެވިފައިވާ މީހަކަށް ވެގެން ނުވާނެވެ․ އެހެނީ ރައްޔިތުން ހޮވާ މަންދޫބަކީ އެހެން ހުރިހާ އެންމެންވެސް ނަމޫނާއަކަށް ބަލަންޖެހޭ މީހެކެވެ․

– 3 ޖެނުއަރީ 2019 0

މުހައްމާއަށް ފުރުސަތު ބޮޑުކުރުމުގެ ގޮތުން ބުލްބުލް ނަން ޕްރައިމަރީގައި ބާއްވާގެން ޕާޓީ ވޯޓްތައް ބައިބައި ކުރުންފަދަ ކަންތައްތަކާއި ބެހޭގޮތޫން ލިޔުން ތެރިޔާ ލިޔުމެއް ލިޔުންވުން ވަރަށް ރަނގަޅުވާނެކަމަށް ދެކެން․ އަދި މި ލިޔުމުގައި މިފަދަ އަންއެތިކަލް ހުރިހާ ކަމަކަށް އަލިއަޅުވާލުން މުހިއްމު ވާނޭކަމަށްދެކެން

– 7 ޖެނުއަރީ 2019 1