މިއަހަރުގެ ދެވަނަ ދައުރުގެ ހުރިހާ ޖަލްސާއަކަށް ހާޒިރުވެ ވަޑައިގަތް މެމްބަރު ތެރޭ މުހައްމާ ހިމެނިއްޖެ

7 ސެޕްޓެމްބަރު 2017 0

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހުރިހާ ޖަލްސާތަކަށް ހާޒިރުވެ ވަޑައިގަތް މެމްބަރުންގެތެރޭ އިހަވަންދޫ ދާއިރާގެ އިތްޒަތްތެރި މެމްބަރު މުޙައްމަދު ޢަބުދުﷲ، ހިމެނިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގައި ބާއްވާފައި ވަނީ 11 ޖަލްސާއެވެ. އެ 11 ޖަލްސާއަށް ވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 36 މެމްބަރެކެވެ. ބާކީ ތިއްބެވި 49 މެމްބަރުން މިދައުރުގައި ބޭއްވުނު ބައެއް ޖަލްސާތަކަށް ވަޑައިނުގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި އެންމެ މަދުން ޖަލްސާތަކަށް ހާޒިރުވި ބޭފުޅުންގެ ގޮތުގައި ހިމެނިފައިވަނީ  މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމްއެވެ. އެ ދެބޭފުޅުންވެސް ހާޒިރުވެފައިވަނީ އެންމެ ޖަލްސާއަކަށެވެ.

އެއްވެސް ސަބަބެއް އެންގުމަކާނުލައި ޖަލްސާތަކަށް ވަޑައިނުގަންނަވާނަމަ މަޖިލީހުން ބައްލަވަނީ އެއީ އެދުވަހުގެ ޖަލްސާއަށް ވަޑައިނުގަންނަވާ މެމްބަރެއްގެ ގޮތުގައެވެ. ނަމަވެސް މިގޮތަށް ޖަލްސާއަށް ވަޑައިނުގެންނަމަވެސް މެމްބަރުންގެ އެލަވަންސްތަކުން އެއްވެސް މިންވަރެއް އުނި ނުކުރާކަންވެސް ފާހަގަ ކުރެވެއެވެ.

މެމްބަރު މުޙައްމަދު ޢަބުދުﷲ ވަނީ މިއަހަރުގެ ފުރަތަމަ ދައުރުގެ ހުރިހާ ޖަލްސާއަކަށްވެސް ހާޒިރުވެ ވަޑައިގެންފައެވެ.

މުހައްމަދު އަބުދުﷲ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ