މާޗް މަހުން ފެށިގެން ވެކްސިން ތާވަލަށް ބަދަލުގެންނަނީ

26 ޖެނުއަރީ 2015 0

ކުއްޖަކަށް އޯރަލް ޕޯލިއޯ ވެކްސިން ދެނީ. ޕޯލިއޯ ނައްޓާލަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރަމުންދާ މަސައްކަތުން މިހާތަނަށް އާދެވުނުއިރު އެބަލިޖެހޭ ނިސްބަތް މިހާރުވަނީ 99 އިންސައްތައަށް ކުޑަކުރެވިފައި.

މިއަހަރުގެ މާޗް މަހުން ފެށިގެން ވެކްސިން ތާވަލަށް ބަދަލުގެނައުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިބަދަލާއި އެކު، ވިހެއުމާއި އެކު މިހާރު ކުއްޖާގެ އަނގަޔަށް ދެމުންއަންނަ ޕޯލިއޯ ވެކްސިން (އޯޕީވީ)ގެ ފުރަތަމަ ޑޯޒް ދިނުން ހުއްޓައިލާނެއެވެ. އަދި ހަމައެހެންމެ ކުއްޖާގެ އުމުރުން ހަމަހުގައި އިންއެކްޓިވޭޓަޑް ޕޯލިއޯ ވެކްސިން (އައިޕީވީ)ގެ ޑޯޒެއް ދެވޭނެއެވެ.

ޕޯލިއޯ ވެކްސިން ދެމުންއަން ގޮތަށް އަންނަ މިބަދަލާއިއެކު އަނގަޔަށްދޭ ޕޯލިއޯ ވެކްސިން (އޯޕީވީ) ދެންދޭނީ ކުއްޖާގެ އުމުރުން 2 މަހާއި 4 މަހާއި އަދި ހަމަހުގައެވެ. އަލަށް ތައާރަފްކުރާ ޕޯލިއޯވެކްސިން، އިންއެކްޓިވޭޓަޑް ޕޯލިއޯ ވެކްސިން (އައިޕީވީ) ދޭނީ ކުއްޖާގެ އުމުރުން ހަމަހުގައެވެ. ވުމާއިއެކު އަލަށް ތައާރަފްކުރާ އައިޕީވީ ވެކްސިން ފުރަތަމަ ޖަހާނީ މިދިޔައަހަރުގެ ސެޕްޓެމްބަރ މަހުގެ 3 ވަނަދުވަހުގެ ފަހުން އުފަންވި ކުދިންނަށެވެ.

ރާއްޖޭގައި ޕޯލިއޯ ވެކްސިން ދޭން ފަށާފައިވަނީ 1967 ވަނަ އަހަރުއެވެ. ރާއްޖެއިން ޕޮލިއޯ ޖެހިފައިވާ ކުއްޖެއް އެންމެ ފަހުން ފެނިފައިވަނީ 1981 ވަނަ އަހަރު އެވެ. ނަމަވެސް އިންޑިއާއިން ރާއްޖެއައި ކުއްޖެގެ ގައިން 1994 ވަނަ އަހަރު މިބަލި ފެނިފައިވާކަމަށް މިނިސްޓަރީ އޮފް ހެލްތުން ހާމަކުރެއެވެ.

ވާބަލި ނުވަތަ ޕޯލިއޯ އަކީ ވައިރަހަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. ހަގީގީ ފަރުވާއެއް އަދި ހޯދިފައެއް ނުވާ މިބަލިން ރައްކާތެރިވުމަށް އެންމެ މުހިއްމު ކަމަކީ ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމެވެ. އެގޮތުން ޕޯލިއޯވައިރަހާ ހަށިގަނޑުގެ ދިފާއި ނިޒާމުން ހަނގުރާމަކުރަން ދަސްކޮށްދިނުމަށް ޕޯލިއޯ ވެސިން ދިނުމީ ވަރަށް މުހިންމުކަމެކެވެ.

ރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުން ޕޯލިއޯ ނައްތާލެވިފައިވާކަން މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަދުވަހު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވަނީ އިއުލާންކޮށްފައެވެ. ޕޯލިއޯގެ ޖަރާސީމު މިހާރު ވާރުތަކުރަމުންދާ ހަމައެކަނި ޤައުމުތަކަކީ، އަފްޣާނިސްތާނާއި، ނައިޖީރިއާގެ އިތުރުން ޕާކިސްތާނެވެ.

ބަލިތައް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ