މަރުވުމަށްފަހު އަލުން ދިރުއްވުން – ދަލާއިލުއްތައުޙީދި 18 — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

04 ދުވަސް

މަރުވުމަށްފަހު އަލުން ދިރުއްވުން – ދަލާއިލުއްތައުޙީދި 18

29- ﷲ ސުބްޙާނަހޫ ވަތަޢާލާ، އަހަރެމެން މަރުގެންނެވުމަށްފަހު އަލުން ދިރުއްވާނެތަ؟ އަދި އަހަރެމެންގެ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތަކުގެ ޙިސާބު ބައްލަވާނެތަ؟ އަދި ﷲ އަށް ކިޔަމަންތެރިވި މީހުން ސުވަރުގެ ވައްދަވާނެތަ؟ އަދި އެއިލާހަށް ކާފިރުވެ ޝިރުކުކޮށް އުޅުނު މީސްތަކުން ނަރަކައަށް ވައްދަވާނެތަ؟

ޖަވާބު: ﷲ ސުބްޙާނަހޫ ވަތަޢާލާ، އަހަރެމެން މަރުގެންނެވުމަށްފަހު އަލުން ދިރުއްވާނެއެވެ. އަދި އަހަރެމެންގެ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތަކުގެ ޙިސާބު ބައްލަވާނެއެވެ. އަދި ﷲ އަށް ކިޔަމަންތެރިވި މީހުން ސުވަރުގެ ވައްދަވާނެއެވެ. އަދި އެއިލާހަށް ކާފިރުވެ ޝިރުކުކޮށް އުޅުނު މީސްތަކުން ނަރަކައަށް ވައްދަވާނެއެވެ.

އެކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. “زَعَمَ الَّذِينَ كَفَرُوا أَنْ لَنْ يُبْعَثُوا قُلْ بَلَى وَرَبِّي لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ وَذَلِكَ عَلَى اللَّهِ يَسِيرٌ”  التغابن: ٧  މާނަ: “ކާފިރުވީ މީސްތަކުން ހީކޮށްފައި ބުނެއެވެ. އެމީހުން މަރުވުމަށްފަހު އަލުން ދިރިގެން މަޙްޝަރަށް ނުފޮނުވޭނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. ތިމަންކަލޭގެފާނުގެ ރައްބު ގަންދީ ހުވާކޮށް ބުނަމެވެ. ހަމަކަށަވަރުން ޔަޤީނުންވެސް ތިޔަބައިމީހުން މަރުވުމަށްފަހު މަޙްޝަރަށް ފޮނުއްވޭނެއެވެ. ދެން ތިޔަބައިމީހުން ދުނިޔޭގައި ކޮށްފައިވާ ކަންތައްތަކުގެ ޚަބަރު ތިޔަބައިމީހުންނަށް ދެވޭނެއެވެ. އެއީ ﷲ އަށް ދާދި ފަސޭހަ ކަމެކެވެ.”

އަދިވެސް އެއިލާހުގެ ވަޙީ ބަސްފުޅުގައިވެއެވެ. “مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَى” طه: ٥٥ މާނަ: “ތިމަންއިލާހު ތިޔަބައިމީހުން ހެއްދެވީ އެބިމުންނެވެ. އަދި ތިމަންއިލާހު އެބިމަށް ތިޔަބައިމީހުން އިޢާދަކުރައްވާހުށީމެވެ. ދެން އަލުން ދެވަނަފަހަރަށް އެބިމުން ތިމަންއިލާހު ތިޔަބައިމީހުން ނެރުއްވާހުށީމެވެ.” ކީރިތި ޤުރުއާނުގައި މިކަމަށް ދަލާލަތުކުރާ އާޔަތްތައް ވަރަށް ގިނައެވެ.

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ

ދަލާއިލުއް ތައުޙީދި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ