މަސްވެރިންގެ ޔޫނިއަންއިން ރަށުގެ އިޖުތިމާއީ ހަރަކާތްތަކަށް މާލީ އެހީދީފި — Ihavandhoo.com

މަސްވެރިންގެ ޔޫނިއަންއިން ރަށުގެ އިޖުތިމާއީ ހަރަކާތްތަކަށް މާލީ އެހީދީފި

10 ޑިސެމްބަރު 2019 0

އިހަވަންދޫ މަސްވެރިންގެ ޔޫނިއަންއިން ރަށުގެ އިޖުތިމާއީ ހަރަކާތްތަކަށް މާލީ އެހީ ދީފިއެވެ. މި އެހީތައް ހަވާލުކޮށްފައިވަނީ އެކަމަށް ހާއްސަކޮށް މިއަދު އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ އިހަވަންދޫ މަސްވެރި ދޯނިތަކާއި ގުޅިގެން އުފައްދާފައިވާ ފެއާރޓްރޭޑު ޔުނިއަންނަށް މިހާތަނަށް ލިބިފައިވާ ބަޖެޓުން 2019 އިން 2020 އަށް ކަނޑައަޅާފައިވާ ޙަރަކާތްތައް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވައިލި ފުރުސަތަށް އިޖާބަދީ ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ދީފައިވާ އެހީއެވެ. އެގޮތުން މިއަދުވަނީ 227،000 ރުފިޔާގެ އެހީ ދީފައެވެ.

2019 އިން 2020 އަށް ފެއާރޓްރޭޑު ޔުނިއަނުން ހިންގުމަށް ކަނޑައަޅާފައިވާ ޙަރަކާތްތައް ހިންގުމަށް 2 މުއައްސަސާއަކުންނާއި 2 ޖަމިއްޔާއަކުން ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ. އެއީ އިހަވަންދޫ ކައުންސިލް އިދާރާ، އާމިނާދިޔޯ ސިއްޙީމަރުކަޒު، އިހަވަންދޫ މަސްވެރިންގެ ގުޅުން އަދި ކްލަބްޕޯލްސްޓަރއެވެ.

ފެއާރޓްރޭޑު ޔުނިއަނުން އެންމެ ބޮޑު މާލީ އެހީއެއް ދީފައިވަނީ އިހަވަންދޫގެ މިސްކިއްތައް މަރާމާތު ކުރުމަށެވެ. އެގޮތުން އެކަމަށް 70،000 ރުފިޔާވަނީ އިހަވަންދޫ ކައުންސިލާއި ހަވާލުކޮށްފައެވެ. ރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް ހިންގުމަށްވެސް ކައުންސިލަށްވަނީ 20،000 ރުފިޔާގެ މާލީ އެހީތެރިކަން ދީފައެވެ. މީގެ އިތުން ސްކޫލް ބެލެނިވެރިންގެ ހިޔަލެއް ހެދުމަށް 15000ރ އަދި ރަށުގެ އެކިހިސާބުތަކުގައި ޑަސްބިން ބެހެއްޓުމަށް 20،000ރ ވަނީ އިހަވަންދޫ ކައުންސިލާއި ހަވާލުކޮށްފައެވެ.

އާމިނާދިޔޯ ސިއްޙީމަރުކަޒާއި ހަވާލުކޮށްފައިވަނީ ދުޅަހެޔޮ ޕްރޮގްރާމް ހިންގުމަށް 15000ރ އަދި ތިމާވެއްޓަށް ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގުމަށް 12000ރ ގެ އެހީތެރިކަމެވެ. ކްލަބް ޕޯލްސްޓާއަށް ހަވާލުކޮށްފައިވަނީ ދެޖިންސަށް ކުޅިވަރު ހަކާތް ހިންގުމަށް 15000ރ އަދި ތައުލީމީ ހަރަކާތަކަށް 10،000ރ ގެ އިތުރުން އެންވެރިކަމާއި މަސްވެރިކަމަށް އިތުރު ތަމްރީން ދިނުމަށް 20000ރ ގެ އެހީއެވެ. އިހަވަންދޫ މަސްވެރިންގެ ގުޅުމަށް ހަވާލުކޮށްފައިވަނީ މަސްވެރިންނަށް ތަމްރީން ޕްރޮގްރާމެއް ހިންގުމަށް 20،000ރ އަދި ދީނީ ދަރުސް ޕްރޮގްރާމެއް ހިންގުމަށް 10،000ރ އެވެ.

 

ކްލަބް ޕޯލްސްޓާރ, އިހަވަންދޫ ސިއްޙީ މަރުކަޒު, އިހަވަންދޫ ކައުންސިލް, އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ