ހެލްތު މިނިސްޓަރ އާމިނާދިޔޯ ސިއްހީ މަރުކަޒުގެ ހާލަތު ބައްލަވާލައްވައިފި — Ihavandhoo.com

ހެލްތު މިނިސްޓަރ އާމިނާދިޔޯ ސިއްހީ މަރުކަޒުގެ ހާލަތު ބައްލަވާލައްވައިފި

19 ސެޕްޓެމްބަރު 2019 0

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އިހަވަންދޫ އަށް ވަޑައިގަތް އާމިނދިޔޯ ސިއްހީ މަރުކަޒުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

މިނިސްޓަރުގެ މިދަތުރުފުޅަކީ އިހަވަންދޫ ސްކޫލްގެ ދައުވަތަކަށް، އެސްކޫލްގެ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރު އަމީންއާ އެކު މި ދަތުރުފުޅުގައި ހެލްތް މިނިސްޓްރީގެ ބައެއް އިސްވެރިންނާއި އިހަވަންދޫ ދާއިރާގެ އިއްޒތްތެރި މެމްބަރު ވެސް ބައިވެރިވެއެވެ. މިދަތުރުފުޅުގައި އިހަވަންދޫގެ ސިއްޙީ ނިޒާމް ހިނގާނުހިގާގޮތް ބައްލަވާލެއްވުމުގެ އިތުރުން ސިއްހީމަރުކަޒުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައި ވެއެވެ. އަދި ރަށުގެ މުއައްސަސާތަކާއި އެކުވެސް ބައްދަލުވުމެއް ކުރިއަށްގެންގޮސްފައި ވެއެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި މިއަތޮޅުގެ ދިއްދޫ، ކެލާ އަދި ބާރަށަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ