މިނިވަން ޗެމްޕިއަންޝިޕުން އިހަވަންދޫ ވަކިވެއްޖެ! ވަކިކޮށްފި! — Ihavandhoo.com

މިނިވަން ޗެމްޕިއަންޝިޕުން އިހަވަންދޫ ވަކިވެއްޖެ! ވަކިކޮށްފި!

22 މާރިޗު 2017 4

މިހިނގާ މާޗް މަހުގެ 24 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕްގައި އިހަވަންދޫއިން ބައިވެރިވުމަށްފަހު މުބާރާތުން ވަކިވެ، އަނެއްކާވެސް ބައިވެރިވުމަށް މަސައްކަތް ކުރިނަމަވެސް މުބާރާތުން ވަކިކޮށްފިއެވެ. ފާއިތުވި ތިންއަހަރުވެސް އިހަވަންދޫއިން މިމުބާރާތުގައި ބައިވެރިވެފައި ވީނަމަވެސް، އެކިއެކި ސަބަބުތަކާއިހުރެ ވަކިހިސާބަކުން ކޮންމެފަހަރަކުވެސްވަނީ މުބާރާތުން ވަކިވެފައެވެ.

ކައުންސިލަރު މުހައްމަދު ރަޝީދު (މުންޒިރު މޯޑް) 3 ފެބްރުއަރީ ގައި މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިހަވަންދޫ ޓީމް މުބާރާތުގައި ބައިވެރިވީ ރަށުގައިތިބި ހުނަރުވެރި ޒުވާނުންނަށް އިތުރުފުރުސަތުތަކެއް ތަނަވަސްކޮށްދީ، ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމުގެ ވިސްނުމުގައި ކަމަށެވެ. އެބޭފުޅާ ވިދާޅުވީ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން، މުބާރާތަށް ރަނގަޅު ޓީމެއް ނެގުމުގެ މަސައްކަތް ވަރަށްއަވަހަށް ފައްޓަވާނެކަމުގައެވެ.  ނަމަވެސް މުބާރާތަށް ތައްޔާރުވުމުގެ ހަރަކާތްތައް ކުރިޔަށް ނުދާތީ އެބޭފުޅާއަށް ގުޅުމުން ވިދާޅުވީ، މިހާރު އިހަވަންދޫ ޓީމް މުބާރާތުން ވަކިވެފައިވާ ކަމަށާއި މުބާރާތުން ވަކިވީ ބަޖެޓްގެ ތާށިކަމުގެ ސަބަބުން ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އިހަވަންދޫ ކައުންސިލުން މިއަހަރަށް ފާސްކޮށް ފޮނުވާފައިވާ ބަޖެޓްގައި މިނިވަން ޗެމްޕިއަންޝިޕަށް ހަރަދުކުރުމަށް ހިމަނާފައެއްނުވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިނިވަން ޗެމްޕިއަންޝިޕުގައި އިހަވަންދޫއިން ބައިވެރިވާނެކަން އެފްއޭއެމަށް އެންގުމަށްފަހު ފަހު އެކިސަބަބުތަކާއިހުރެ މުބާރާތުން ވަނީ ވަކިވާން ނިންމާފައެވެ. ނަމަވެސް ފަހުން، ޒުވާނުންގެ ޕެރެޝަރާއިހުރެ މުބާރާތުގައި ބައިވެރިވުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެޕްއޭއުމުން އަންގާފައިވަނީ މުބާރާތުން ފަކިވެފައިވާތީ އަލުން އެފުރުސަތު ދެވެން ނެތްކަމުގައެވެ.

މިނިވަން 50 ޗެމްޕިއަންޝިޕްގެ ނަމުގައި 2015 ފެށި މިމުބާރާތުގެ ނަން 2016 ވަނައަހަރުވަނީ  މިނިވަން ފުޓްބޯޅަ މުބާރާތުގެ ނަމަށް ބަދަލުކޮށްފައެވެ. މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްބޯޅަ މުބާރާތެވެ.

އިހަވަންދޫ ކައުންސިލް, މިނިވަން ޗެމްޕިއަންޝިޕް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Shukuriyya yamin <br>Shukuriyya medam <br>Shukuriyya MZM Mohamed <br>Ihavandhoo ge zuvaanun Mithiby hevi dhilifa

– 22 މާރިޗު 2017 0

ޒުވާނުންތިބީ އުފަލުން․ ބުނާނެ ޕީޕީ މެޖޯރިޓީ ލިބުނީމަޔޭ ދެންފަހަރަކުންވެސް ތަރައްޤީ އަންނާނީ․ އަސްލު ތަރއްޤީވާނީ ރައްޔިތުންނަށް ތެދުވެރި ބަޔަކު ހޮވިގެން․

– 22 މާރިޗު 2017 0

ޒުވާނުންނަށްޓަކައި މިފަހަރުވެސް މިހާރު ތިއްބެވި ކައުންސިލް މެމްބަރުން ހޮއްވަވާ․

– 22 މާރިޗު 2017 0

ޝުކުރިއްޔާ ކައުންސިލަރުން․

– 22 މާރިޗު 2017 0