މިސަރުކާރުން ބާއްވާ އެއްވެސްކަމެއް އިހަވަންދޫއާއި ދިމާއަށް ދާކަށް ލާހިކެއްނޫން – މެމްބަރު އިސްމާއިލް — Ihavandhoo.com

މިސަރުކާރުން ބާއްވާ އެއްވެސްކަމެއް އިހަވަންދޫއާއި ދިމާއަށް ދާކަށް ލާހިކެއްނޫން – މެމްބަރު އިސްމާއިލް

21 ފެބުރުއަރީ 2016 6

ހުވަރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އިސްމާއިލް

މިސަރުކާރުން ބާއްވާ އެއްވެސްކަމެއް އިހަވަންދޫއަށް ދިޔަނުދޭނެކަމަށް ހުވަރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ. މިހެން އެބޭފުޅާ ވިދާޅުވެފައިވަނީ އެބޭފުޅާގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކޮށްފައިވާ ވީޑިއޯއެއްގައެވެ. އެ ވީޑިއޯ އިން ފެންނަނީ ހުވަރަފުށީގައި ކުރިޔަށްދިޔަ ޑިމަކްރަސީ ވީކްގެ ތެރޭގައި ހިމެނޭ މަސްރޭހުގެ ހަރަކާތްތަކެކެވެ. ބެލެވޭގޮތުގައި އެމަންޒަރުތައް ނަގާފައިވަނީ ރޭގެ ވަގުތެއްގައެވެ.

އެވީޑިއޯ ނިމެމުންދަނިކޮށް އިއްޒަތްތެރި މެމްބަރު މުހައްމަދު އިސްމާއިލް ވާހަކަދައްކަވާ އަޑު އިވެއެވެ. "ލާހިކެއްނޫން މިސަރުކާރުން ބާއްވާ އެއްވެސްކަމެއް އިހަވަންދޫއާ ދިމާއަށް ދާކަށް، ރަޝީދު ވެރިކަމުގައި! ލާހިކެއްނޫން މިސަރުކާރުން ބާއްވާ އެއްވެސްކަމެއް އިހަވަންދޫއާ ދިމާއަށް ދާކަށް، ހުރިހާއެއްޗެއް ދަމާގަންނާނަން" އެބޭފުޅާ ވިދާޅުވެއެވެ. ބެލެވޭ ގޮތުގައި އެބޭފުޅާ އެހެން ވިދާޅުވަނީ އިހަވަންދޫ މިހެއް ކަމަށްވާ ތުނިވެލި ބަދުރާ ދިމާލަށެވެ.

"ދެން ދަމާގަނެގެންހުރޭ! އަހަރެމެން ނަށް ތިކަން ކޮށްލެވޭތޯ ބަލާނަން." ޖަވާބުގައި ބަދުރު ބުނެއެވެ.

މުހައްމަދު އިސްމާއިލް އެހެން ވިދާޅުވާ ވީޑިއޯ

ހއ. ހޯރަފުށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވަރައްދެރަވެއްޖެ ސަރުކާރު ކޮލީޝަނުގެ މެންބަރެއް މިހެންބުނީމަ․ ހިތުގަ އޮތްއެއްޗެއް ދުލުން ނުކުންނާނީ․․ ރޭއިރާކޮޅު ހާޖާފާޖާ އެނގޭމީހަކުބުނި އިހަވަންދުގަ އަލަންއޫޅޭ އޭޓީއެމް ހޯރަފުށިއަށް ގެންދަން މޯޑް ހޭބޮނާރާ އުޅޭވާހަކަ․ މިހާރުއެއީ ހަގީގާތްކަން ސާފުވެއްޖެ

– 21 ފެބުރުއަރީ 2016 0

ހޯރަފުއްޓަށް ސީ އެމްބިއުލަންސް ގެނެސްފި
ހޯރަފުށި ސިއްހީ މަރުކަޒަށް ސުކޭން މެށިން ގެނެސްފި
ހޯރަފުށީ ސިއްހީ މަރުކަޒުގަ އެތެރެހަށީގެ ހާއްސަ ޑޮކްޓަރެއް މަސައްކަތް ކުރަން ފަށައިފި
މިއަހަރުގެ ބޮޑު ޢީދު ޤައުމީ ފެންވަރެއްގަ ފާހަގަ ކުރުން ހޯރަފުށީގަ
ހއ․ އަތޮޅުގަ އެންމެ ގިނަ ޅެންވެރިން ތިބީ އިހަވަންދޫގަ އެކަމަކު ޅެންވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރީ ހޯރަފުށީގަ․
ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމް ހޯރަފުއްޓާ ދިމާއަށް ގެންގޮސްފި․
އަދިވެސް އިހަވަންދޫ ކައުންސިލަރުންގެ ކަމަކީ އެފްބީ އަށް ފޮޓޯ އަޕްކޮށްލަ ކޮށްލާ ތިބުން․
ދާއިރާގެ މެމްބަރު އުޅެނީ ފިލްމީ ދާއިރާ ކުރިނޭރުވިގެން․ ދެން އަހަރަކު 1 ފަހަރު ރަށަށް އައިސް ޒުވާނުންނަށް ފުޓުބޯޅައެއް ދީފަ ފިލަނީ․

– 21 ފެބުރުއަރީ 2016 0

އިސްތިގްފާ

– 21 ފެބުރުއަރީ 2016 1

އިސްމާއިލްބެ އުބުނަނީ ދޮގެއްނޫން

– 21 ފެބުރުއަރީ 2016 0

ތިކަން ވަރަށް ބޮޑަށް ފާހަގަވި ދިމޮކްރަސީ ވީކްގެ ހަރަކާތް ތަކުގަވެސް، އިހަވަންދޫ މީހުން ދިޔައަތީ މަސްރޭސް ފަސްކޮށްފަ 2 ވަނަ ދުވަހައް އެކަން ކުރީ، ކުއިޒް މުބާރަތުގަ އިހަވަންދޫ ތުއްތު ކުދިންނާ ވާދަކުރީ ހޯރަފުށީގެ ލޯޔަރަކާ އަކުންސިލަރުން، ބަހުސް މުބާރާތްވެސް ކެންސަލް ކުރީ އިހަވަންދޫ ޓީމް ވަރުގަދަ ކަމުން އެ މުބާރަތް އިހަވަންދޫ ކާމިޔާބު ކުރާނެކަން ޔަގީންވީމަ މެންދަމު

– 22 ފެބުރުއަރީ 2016 1

ބައެއް ކޮމެންޓްތައް ދޯ ގެންނަނީ؟ ދޭތެރެޖައްސަން އުޅޭ ބައިގަނޑެއް އިހަވަންދޫ ޑޮޓްކޮމްއަކީ، މި ސަރުކާރުގެ މެންބަރުންނާ ސަރުކާރަށް އޮންނަ ތާއީދު ނެތިކޮށްލުން ބޭނުމަކީ. ތޮހާ ފިނޑިވާކަށް ނުވާނެ ހުރިހާ އެންމެންގެ ކޮމެންޓްވެސް ގެނޭ

– 23 ފެބުރުއަރީ 2016 1