މުއީދު އިބޫއަށް ތާއީދުކުރައްވަން ނިންމަވައިފި

21 ސެޕްޓެމްބަރު 2018 0

އިހަވަންދޫ ކައުންސިލްގެ ދެވަނަ ދައުރުގެ ނައިބު ރައީސް، ޢަބްދުލްމުޢީދު އިބްރާހިމް، އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ. މުއީދު މިކަން ހާމަކުރެއްވީ، ޖުމްހޫރީ ޕާޓީގެ ފައުންޑަރ ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން، އެޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ އިހަވަންދޫގެ ރައްޔިތުންނާއި ބައްދަކުރުމަށް ބޭއްވި ހަފުލާގެ ތެރެއިންނެވެ.

މުއީދު، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދުކުރައްވަން ނިންމަވާފައިވާއިރު އިހަވަންދޫ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސް މުހައްމަދު އާސިފްގެ އިތުރުން ކުރީގެ ކަތީބް އަދުނާނު އަބުދުﷲވެސްވަނީ އިބޫ އަށް ތާއީދު ކުރެއްވުމަށް ނިންމަވާފައެވެ.

ރިޔާސީ އިންތިހާބު 2018

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ