މުހައްމާކަޕް އިމަގު ވޮލީބޯޅަ މުބާރާތް މިރޭ ފަށަނީ

25 ނޮވެމްބަރު 2015 0

އިހަވަންދޫ ދާއިރާގެ އިތްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބުދުﷲ އާއި ގުޅިގެން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު ޖަމިއްޔާ އިން) ބާއްވާ މުހައްމާ ކަޕް  އިމަގު ވޮލީމުބާރާތުގެ ކުޅުން މިރޭ، އިހަވަންދޫ އޯޕަންސްޓޭޖް ސަރަހައްދުގައި ފަށާނެއެވެ. ޖުމްލަ ފަސްޓީމެއް ބައިވެރިވެފައިވާ މިމުބާރާތުގެ ފުރަތަމަ މެޗްގައި މިރޭ 20:00ގައި ބައްދަލުކުރާނީ އިހަވަންދޫ ސިއްޙީމަރުކަޒާއި ހޯރަފުށީކައުންސިލެވެ.

ޗެމްޕިއަން ޓީމަކަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާ މިމުބާރާތުގައި ބައިވެރިވެފައިވަނީ އިހަވަންދޫ ސިއްޙީމަރުކަޒު، ޖޭއޭ މަނަފަރު، އިހަވަންދޫ ޕޮލިސް، ހޯރަފުށި ކައުންސިލް އަދި ފެނަކަ އިހަވަންދޫ ބްރާންޗެވެ. ނޮވެމްބަރ 25 ހުން ޑިސެމްބަރ 3 ކަށް ކުރިޔަށްދާ މިމުބާރާތުގެ ރަނައަޕް ޓީމަށް 6000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

މުބާރާތާއިގުޅޭ އިތުރު މައުލޫމާތު

އިމަގު ޖަމިއްޔާ, މުހައްމާކަޕް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ