"މުޞްޙަފް މާލްދީފް" އާނމުންނަށް ބަހަން ފަށައިފި

"މުޞްޙަފް މާލްދީފް" މަޝްރޫޢުގެ ދަށުން ޗާޕްކޮށްގެން ގެނެވުނު މުޞްޙަފްތައް އާމުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި އެވެ. މިކަމާއި ގުޅިގެން މިއަދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންކުރި އިއުލާނެއްގައިވަނީ "ކޮންމެ ދިވެއްސަކަށް މުޞްޙަފެއް" މިޝިޢާރުގެ ދަށުން މި މިނިސްޓްރީއާއި، ކީރިތި ޤުރްއާނާބެހޭ މަރުކަޒާއި ބަޙްރައިންގެ ޤުރްއާން ކެއާރ ސޮސައިޓީ ގުޅިގެން ދިވެހިރާއްޖެއަށް ޚާއްޞަ މުޞްޙަފެއް "މުޞްޙަފް މާލްދީފް"ގެ ނަމުގައި ޗާޕުކުރުމުގެ ޢަމަލީ މަސައްކަތް ނިމި، އެއްލައްކަ މުޞްޙަފް މިހާރުވަނީ ރާއްޖެގެނެސްފައިވާކަމަށާއި ފުރަތަމަ ޗާޕްކޮށްފައިވާ އެއްލައްކަ މުޞްޙަފް ބެހުމަށް އެ މިނިސްޓްރީން ހަމަޖައްސާފައިވަނީ އުމުރުން 15-39 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށް މުޞްޙަފެއްގެމަގުން ކަމުގައެވެ.

އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ވާގޮތުން މުސްހަފު ބޭނުންފުޅުވާ ބޭފުޅުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން 13:00އަށް އައިޑީކާޑު ހިއްޕަވައިގެން އެ މިނިސްޓްރީއަށް ވަޑައިގެންނެވުމުން އެ މިނިސްޓްރީގެ ކައުންޓަރުން މުޞްޙަފް ލިބޭނެއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހާމަކުރައްވާ ގޮތުގައި އެ މަޝްރޫޢުގެ ދަށުން އިތުރު މުޞްޙަފް އެނިސްޓްރީއަށް ލިބުނުހާ އަވަހަކަށް އިތުރު އުމުރުފުރާގެ ބޭފުޅުންނަށް މުޞްޙަފް ދޫކުރާނެއެވެ.

"މުޞްޙަފް މާލްދީފް" މަޝްރޫޢުގެ ދަށުން ޗާޕްކޮށްގެން ގެނެވުނު މުޞްޙަފްތައް އެންމެ ފުރަތަމަ ބަހާފައިވަނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ