ނިކަ، މައިކަޕްގެ ޗެމްޕިއަންކަން ހޯދައިފި — Ihavandhoo.com

ނިކަ، މައިކަޕްގެ ޗެމްޕިއަންކަން ހޯދައިފި

25 ޑިސެމްބަރު 2016 0

އިހަވަންދޫ ދާއިރާގެ މަޖިލިސްމެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ)ގެ ވާދައިގެ ތައްޓަށް ކުޅުނު 10 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތް "ނިކަ" ކާމިޔާބުކޮށްފިއެވެ. އެޓީމުން މިމުބާރާތް ކާމިޔާބުކުރީ ރޭ އިހަވަންދޫ ހުރަވީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި މާރަންދޫ ޔޫތް ކޯޕަރޭޝަނުގެ މައްޗަށް ޕޭނަލްޓީއިން ކުރި ހޯދައިގެންނެވެ.

ވާދަވެރި ރީތިކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗްގެފުރަތަމަ ދެލަނޑު ގާތްގާތުގައި ކާމިޔާބުކުރީ ނިކަ ޓީމުންނެވެ. ނިކަ ޓީމުން ދެލަނޑު ކާމިޔާބުކޮށްފައިވަނިކޮށް މާރަންދޫ ޔޫތް ކޯޕަރޭޝަނަށް ލިބުނު ޕެނަލްޓީ އެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 2- 1 އިން ނިކަ ކުރީގައި އޮވެގެންނެވެ. މެޗުގެ ފަހު ހާފުގައި، ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު މެޗް ނިމެން ކުޑަވަގުތު ކޮޅަކަށް ވެފައިވަނިކޮން މާރަންދޫ ޔޫތް ކޯޕަރޭޝަނުން ލަނޑުޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. ދެވަނަ ހާފުގެ ފަހުވަގުތުކޮޅުގެ ތެރޭގައި ހިންގި ހަމަނުޖެހުން ތަކުގެ ސަބަބުން ނިކަ ޓީމްގެ ޖާޒީ ނަންބަރު 10 މުހަންމަދު އަދުހަމަށް ރަތްކާޑުދައްކާ ދަނޑުންވަނީ ފޮނުވައިލާފައެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ފުތަމަ ލަނޑެއް ކާމިޔާބުކޮށް ލީޑް ނެގީ ނިކަ ޓީމެވެ. ނަމަވެސް ކުޑަ ވަގުތު ކޮޅެއްތޭރޭ ލަނޑެއްޖަހައި 2 ވަނަ ފަހަރަށް ފަހަތުންއަރައި، މާރަންދޫ ޔޫތް ކޯޕަރޭޝަނުން ނަތީޖާ ހަމަހަމަ ކުރިއެވެ. އިތުރު ވަގުތުގެ ދެ ހާފް ކުޅެ ނިމުނުއިރުވެސް ދެޓީމުންކުރެ ޓިމަކަށް އިތުރު ލަނޑެއް ކާބިޔާބުކުރެވޭގޮތެއް ނުވިއެވެ.

3-3 އިން ނާތީޖާ އެއްވަރުވުމުން މެޗުގެ ނަތީޖާ ދެންނެރުނީ ޕެނަލްޓީޖަހައިގެންނެވެ. ޕެނަލްޓީ ސޫޓްއައުޓްގައި ނިކަ ޓީމުން ޖެހި 5 ފެނަލްޓީވެސް ކާމިޔާބުކުރިއިރު މާރަންދޫ ޔޫތް ކޯޕަރޭޝަނުން ޖެހި ފެނަލްޓީތަކުން އެޓީމަށް ކާމިޔާބުކުރެވުނީ 3 ޕެނަލްޓީއެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނިކަ ޓީމްގެ ޖާޒީނަންބަރު 14 މުހަންމަދު މުނައްވަރެވެ. މުބާރާތުގެ ޕެއަރޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ނިކަ ޓީމްގެ ޖާޒީނަންބަރު 3 އަޙުމަދު ސަބީނެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއާއަށް ހޮވުނީ ނިކަ ޓީމްގެ ޖާޒީނަންބަރު 9 ހަސަން ޝާމިލްއެވެ. މުބާރާތުގެ އެންމެ މޮޅު ޑިފެންސް ކުޅުންތެރިއަކަށް ހޮވުނީ ނިކަ ޓީމްގެ ޖާޒީނަންބަރު 4 ރިލްވާން ވަހީދެވެ. މުބާރާތުގެ އެންމެމޮޅު ފޯވަރޑް ކުޅުންތެރިއަކަށް ހޮވުނީ މާރަންދޫ ޔޫތް ކޯޕަރޭޝަންގެ ޖާޒީ ނަންބަރު 71 އިލްޙާމް އަހުމަދެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ ނިކަ ޓީމްގެ ޖާޒީނަންބަރު 55 މުހައްމަދު އަޝްފާނެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފިލްޑް ކުޅުންތެރިއަކަށް ހޮވިފައިވަނީ މާރަންދޫ ޔޫތް ކޯޕަރޭޝަންގެ  ޖާޒީ ނަންބަރު 22 މުހަންމަދު ޝާކިރެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނިކަ ޗެއިންގެ ޖާޒީ ނަންބަރު 77 އަލީ ޒިހުނީއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ނިކަ ޓީމްގެ ކޯޗް ހަމްޒާ އިބްރާޙީމްއެވެ. މުބާރާތުގެ އެންމެގިނަ ގޯލްޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ނިކަ ޓީމްގެ ޖާޒީނަންބަރު 10 މުހަންމަދު އަދުހަމެވެ. އޭނާ ވަނީ މިމުބާރާތުގައި 5 ގޯލް ކާމިޔާބުކޮށްފައެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާރަންދޫ ޔޫތް ކޯޕަރޭޝަންގެ ޖާޒީ ނަންބަރު 22 މުހަންމަދު ޝާކިރެވެ.

މުބާރާތުގެ ޕެއަރޕްލޭ ޓީމަށް ހޮވިފައިވަނީ އަރާދުވާއެވެ. އަދި ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ މާރަންދޫ ޔޫތް ކޯޕަރޭޝަނެވެ.

ފައިނަލްމެޗްގެ ޝަރަފްވެރި ކޮށްދެއްވީ ފުޓްބޯޅައަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ކާމިޔާބް ކޯޗް އަލީ ސްޒެއިންނެވެ.

މައިކަޕް 2016

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ