ޗެމްޕިއަން އެން.ވީ.ކޭ އިން 13 އަހަރު ވީ އެޓީމުގެ ރަން ކެބިނެޓް ދައްކާލައިފި

14 ސެޕްޓެމްބަރު 2020 0

އިހަވަންދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ބާބަކިޔު ހަޓް ކައުންސިލް ކަޕް 2020ގެ ޗެމްޕިއަން އެންވީކޭއިން އުފާ ފާޅުކުރުމުގެ ގޮތުން ހަފްލާއެއް ބާއްވާފިއެވެ.

ރޭ އެން.ވީ.ކޭ ގެ މައި ހަރުގޭގައި ކުރިއަށް ގެންދިޔަ އެ  ހަފްލާއަށް ވަނީ އެ ޓީމުގެ ލޯބިވެތި ސަޕޯޓަރުންނަށާއި، އެން.ވީ.ކޭ އުފެދުނީއްސުރެ އެ ޓީމަށް އެކި އެކި ގޮތްގޮތުން އެހީތެރިކަށް ފޯރުކޮށްދެމުންދާ މެމްބަރުންނަށް ދަޢުވަތު ދީފައެވެ.

މި ހަފުލާގެ އެންމެ ޚާއްސަ ކަމެއްގެ ގޮތުން އެޓީމުގެ ރަން ތާރީހުގައި، ހޯދައިފައިވާ ހުރިހާ ޓްރޮފީއެއް ވަނީ އެ ޓީމުގެ ސަޕޯޓަރުންނަށް ދައްކާލާފައެވެ. އަދި ޓްރޮފީތަކާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ވަނީ އެ ޓީމުގެ ސަޕޯޓަރުންނަށް ރޭގެ ހަފުލާގައި ދީފައެވެ.

މި ނޫހަށް ދިން ބަސްދީގަތުމެއްގައި އެން.ވީ.ކޭ ގެ އިސް އޮފިޝަލަކު ބުނީ " ރޭ  ފެނިގެން އެ ދިޔައީ 13 އަހަރުވީ ދިގު މާޒީގެ ފޮނި މީރުކަން. އެންމެ އުފާވަނީ ޓީމު އުފަންވީއްސުރެ، ހުއްޓުމެއް ނެތި ކޮންމެ އަހަރަކުވެސް މައި ކަޕް ގައި މި ޓީމު ބައިވެރިވެފައި ވާތީ. ހިޔެއް ނުވޭ، އެން.ވީ.ކޭ ނޫން އެހެން ޓީމެއްގެ އަތުގަ މި ޝަރަފު އޮތް ހެނެއް. އެގޮތުން 2012 ވަނަ އަހަރު މައި ކަޕް ގެ ޗެމްޕިއަންކަން އަދި 3 ފަހަރު ރަނަރ-އަޕް ކަން ލިބިފައިވޭ".

އެން.ވީ.ކޭ ގެ ކާމިޔާބީތައް ފާހަގަ ކުރަމުން އިތުރަށް އޭނާ ބުނީ "އަޅުގަނޑު ފާހަގަކޮށްލަން އެން.ވީ.ކޭ އިން ވާނީ ރާއްޖޭގެ ލެވެލްގައި ވެސް ވާދަ ކޮށްފަ. އެން.ވީ.ކޭ ނޫން މިރަށުގަ މި އުޅޭ އެހެން ޓީމެއް ހިޔެއް ނުވޭ ވާދަ ކުރިހެނެއް.  އެގޮތުން ނޭމަރ ޖޭ.އާރު 5 އިން ވެސް ރަނގަޅު ހިސާބަކަށް ދެވުނު. ރެޑް ބުލް ވިނިންގް 5 ގައި ވެސް އިހަވަންދޫ ތަމްސީލްކުރީ ހަމަ އެން.ވީ.ކޭ. އެހެންވީމަ ހިޔެއް ނުވޭ މި ޓީމާ އެއްވަރުގެ ކާމީޔާބީ ތަކެއް އިހަވަންދޫގެ އެހެން އެއްވެސް ފުޓްބޯޅަ ޓީމަކަށް ހޯދިފައި ވާ ހެނެއް. ހަމަ ކިންގުން މީ"

2007 ވަނަ އަހަރުގައި އުފެދުނު އެން.ވީ.ކޭ އަކީ އިހަވަންދޫގެ ފުޓްބޯޅައިގެ ތާރީޙުގައި އެންމެ ކާމިޔާބު ޓީމެވެ. އެގޮތުން އެޓީމުގެ 17 ޓޮރޮފީއެއް ރޭގެ ހަފުލާގައި ދައްކާލާފައިވެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ