ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތް 2015: ނައިފަރު އަތުން ޕޯލްސްޓަރ ބަލިވެއްޖެ

16 ނޮވެމްބަރު 2015 0

ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި އިހަވަންދޫ ކުލަބު ޕޯލްސްޓަރ ކުޅުނު ހަވަނަ މެޗުން ޕޯލްސްޓަރ ބަލިވެއްޖެއެވެ. މިމެޗުން ޕޯލްސްޓަރ ބަލިވީ ނައިފަރު ޖުވެނައިލްސްއާއި ވާދަކޮށް 3 ސެޓް 1 ސެޓުންނެވެ. ޔޫތު ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު މިމެޗްގެ މޮޅު ކުޅުންތެރިއަކީ ޖުވެނައިލްގެ ޖަޒީނަންބަރު 7 އާމިނަތު އަރީޝާއެވެ.

މިމުބާރާތުގައި މިހާތަނަށް ޕޯލްސްޓަރ އިން 6 މެޗް ކުޅެފައި ވާއިރު މިއީ މިހާތަނަށް އެޓީމް ބަލިވި ފުރަތަމަ މެޗެވެ. މިމެޗް ކުޅުމުގެ ކުރިންވެސް ޕޯލްސްޓަރ ވަނީ މިމުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުން ޖާގަ ހޯދާފައެވެ. އެގޮތުން މިރޭ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޕޮލިސް ކްލަބާއި ކްލަބް ޕޯލް ސްޓާ ކުޅޭނެއެވެ. މިމެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާއިރު ބަލިވާޓީމަކަށް ޖެހޭނީ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި މިއަދު ހަވީރު ބައްދަލުކުރާ ދިއްދޫ އާއި ފޮނަދޫގެ މެޗުން މޮޅުވާ ޓީމަކާއި އެކު މާދަމާ އޮންނަ ސެމީ ފައިނަލްގެ ތިންވަނަ ލެގުގެ މެޗުގައި ކުޅޭށެވެ.

ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ