ނަސީރަށް 1، ޝިފާއުއަށް 2، އާދަނަށް 3 އަދި މުހައްމާޔަށް 4 — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

05 ދުވަސް

ނަސީރަށް 1، ޝިފާއުއަށް 2، އާދަނަށް 3 އަދި މުހައްމާޔަށް 4

އަންނަ އޭޕްރިލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ކެންޑިޑޭޓް ނަންބަރު ގުރު ނަގައިފިއެވެ.

ރޭގެ ވަގުތެއްގައި ބާޖަމާލުއްދީނުގައި ބޭއްވި ގުރުނެގުމުގައި ކެންޑިޑޭޓް ނަންބަރު 1 ލިބިފައިވަނީ އަމިއްލަގޮތުން ކުރިމަތިލެއްވި އަޙްމަދު ނަސީރު ރަށްމެދުގެ، ހއ. އިހަވަންދޫ އަށެވެ. ކެނޑިޑޭޓް ނަންބަރު 2 އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ހއ. އިހަވަންދޫ ބުލްބުލާގޭ މުހައްމަދު ޝިފާއުއަށް ލިބިނުއިރު ކެނޑިޑޭޓް ނަންބަރު 3 ލިބިފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ހއ. އިހަވަންދޫ ދަނބުގޭ އާދަމް މޫސާއަށެވެ. މިހާރުވެސް އިހަވަންދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ޢިއްޒަތްތެރި މެމްބަރ ހއ. އިހަވަންދޫ، އުސްހަކުރުގެ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ އަށް ލިބުނީ ކެނޑިޑޭޓް ނަންބަރު 4 އެވެ.

މަޖިލިސް އިންތިޚާބް 2019

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ނަސީރު ކުރިމަތިލީ ޕީޕީއެމްގެ ޓިކެޓުގަ․ އިލެކްޝަނުން އިޢުލާނު ކުރީ އަމިއްލަ ކެންޑިޑޭޓެއްގެ ނަމުގަ․ އީސީ ޝަރީފުމެން ޕީޕީއެމްއާ ޖައްސާލާފަ ހުންނަވަރު މިފެންނަނީ․

– 5 މާރިޗު 2019 1

PPM adhi Congress party in thaaeedhu kuranee adam moosa ah

– 10 މާރިޗު 2019 0