ނަސީރުގެ ފަލްސަފާ – އާއިލީ ގުޅުމުގެ ތެރެއިން މަޖިލިސް މެމްބަރުނެގުން!

10 މާރިޗު 2019 9

އިހަވަންދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ބޭފުޅަކު އިންތިހާބުކުރުމާއި ގުޅޭގޮތުން، އަމިއްލަ ގޮތުން އިހަވަންދޫ ދާއިރާއަށް ވާދަކުރައްވާ އަހްމަދު ނަސީރު އެބޭފުޅާގެ ފަލްސަފާ  ހާމަކުރައްވައިފިއެވެ. ނަސީރުގެ މިފަލްސަފާ ހާމަކުރެއްވީ މިއަދު ޓީވީއެމްއިން ގެނެސްދިން އިހަވަންދޫ ދާއިރާގެ މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަސީރު ވިދާޅުވީ އަޅުގަނޑުމެން މިހާރު އިހަވަންދޫއިން މިފަށައިގެންއުޅޭ މައިގަނޑު އެއް އަސާސަކީ އާއިލާ ގުޅުމުގެ ތެރެއިން އަޅުގަނޑުމެންގެ މަޖިލިސް މެމްބަރު ނެގުންކަމުގައެވެ. ނަސީރުގެ ވިސްނުން ތަފްސީލް ކޮށްދެއްވަމުން ވިދާޅުވީ، އެއީ ޕާޓީނިޒާމް އައިސްގެން އާއިލާތަކުން ކެނޑިފައިވާގުޅުންތައް ބަދަހިކޮށް އަޅުގަނޑުމެންގެ އާއިލާތައް ޒިންމާދާރުކޮށް، އެއް އާއިލާ އަނެއް އާއިލާޔާއި ރަނގަޅަށްގުޅި ބަދަހިވެގެން އަޅުގަނޑުމެންގެ މަޖިލިސް މެމްބަރު ނެގުންކަމުގައެވެ.

ނަސީރު ވިދާޅުވީ މިކަމުގެ ނަތީޖާ އަކަށްވާނީ ކޮންމެ ރަށެއްގައިވެސް އުފެދިފައިވާ އެންމެ ބޮޑު އާއިލާތަކުގެ ރުހުން ލިބިގެން މަޖިލިސް މެމްބަރެއް އައުންކަމުގައެވެ. ނަސީރު ވިދާޅުވީ މިހެން ހެދުމުން އެރަށެއްގެހުންނަ އުނިސިފަތަކާއި އަދި ބޭނުންވެފައިވާ ކަންކަން އިއްވުމަށް، އެއިރަކު އެދުވަސްވަރެއްގައި އޮންނަ އާއިލާއެއްގެ އެންމެ އިސްފަރާތަކަށް މަޖިލިސް މެމްބަރަކަށް ވެވޭނެކަމުގައެވެ.

ނަސީރުގެ އިތުރުން 19ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރާ އަނެއް 3 ކެނޑިޑޭޓުންވެސް މިބަހުސްގައި ބައިވެރިވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ވާދަކުރުމަށް ނަސީރު ފުރަތަމަ ފޯމް ހުށަހެޅުއްވީ ޕީޕީއެމްގެ ޓިކެޓްގައެވެ. ނަމަވެސް އެބޭފުޅާ ފަހުންވަނީ އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށް އަލުން ފޯމް ހުށަހަޅުއްވައިފައެވެ.

 

މަޖިލިސް އިންތިޚާބް 2019

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަޖިލިސް މެމްބަރުކަން ވިރާސީ ކަމަކަށް ބަދަލުކޮށްލައްވަނީތޯ؟

– 10 މާރިޗު 2019 1

Ladhun boahalaaku

– 10 މާރިޗު 2019 2

Meehaku moyavedhaane.... Bodu aailaage bodu meehaa majilihah dhaagothasho........

– 10 މާރިޗު 2019 2

އަޅުގަނޑު އިހަވަންދޫއަށް ހުރިހާ ކަމެެއް ކޮށްދޭނީ․ <br>މާރަންދޫ މޮޅަދޫ ނުދަންނަން

– 10 މާރިޗު 2019 2

ބޮޑު އާއިލާއިން․ ބޮޑު ރަށުން․ ބޮޑު އިހަވަންދޫން މެމްބަރުން ދޯ؟ މާރަންދޫ މޮޅަދޫ ކޮބާ؟؟

– 10 މާރިޗު 2019 2

ރައީސް ޔާމިން އަށް ތާއިދު ކުރައްވާ އިހަވަންދޫ ދާއިރާގެ ރައްޔިތުން ރައީސް ޔާމިން އދިލެއްވި ގޮތަށް، ޕުރޮގުރެސިވް ކޯލިޝަނުން އެދިލެއްވި ގޮތަށް އަޒުމާއެކު ކުރިއަށް ދިއުމަށް ގޮވާލަން․ ރައީސް ނަޝީދުގެ ކިބައިން މިގައުމު ސަލާމަތް ކުރަން އެބަޖެހޭ․

– 10 މާރިޗު 2019 2

ބައްލަވާ ނަސީރޫޫޫޫ․․․ އިހަވަންދޫ ތަރައްޤީ އަށްޓަކާ ކޮނމެ ކަމެއްވެސް ކޮށްދޭނަން ހޮވިއްޖެ ނަމަ އިހަވަންދޫގެ ރައްޔިތުންގެ ހައްޤުގާ ދެމި ހުންނާނަން․․․ބަލަ މަނިއްޕުޅާ އަދި މޮޅަދޫ މާރަންދޫ އެބައޮތޭ ދާއިރާގަ ތިވިސްނަނީ އެ ދެ ރަށުން ވޯޓް ގަނެފަ އެ ދެރަށް މަތިން ހަނދާން ނައްތާލަންތަ؟ މާރަންދޫ މީހުންނަށް އެނގޭ މިހާރު ނަސީރު ހައްދާލަން․․․․․․․ ރުފިޔާ ދިންވަރަކަށް ހިޔާނަން އެކަމަކު ތިވީގޮތުން ވޯޓް ހޯހޯ މަށްެއް ނުދޭނަން އަދި މާރަްނދޫ މީހުން ތިބީ މިގޮތުގަ․․․․․ އަހަރެމެން މިފަހަރުވެސް ނަގާނީ މުހަންމާ․․․އަހަރެމެން ނަސީރު ފަހަތުގަ ތިބީ ވަރަށް އިޚުލާސް ތެރިވާނެކަމަށް އަދި މިހާރު މުހަންމާ ނިކުތީމަ ދެން ކިހިނެއް ނަސީރު ފަހަތުން ދާނީ ވަރަށް ވެދުން

– 11 މާރިޗު 2019 2

މާރަންދޫ އަދި މޮޅަދޫގައިވެސް ނަޞީރުގެ އާއިލާ އެބައޮތް <br>ނަސީރު އިހަވަންދޫ ދާއިރާ ކުރުކޮށް އިހަވަންދޫއޭ ކިއީ <br>ނަސީރުގެ ސަޕޯޓަރުން ރުޅިނާރުވާތި!

– 11 މާރިޗު 2019 1

Naseeru aky supportarun Gina candidate eh ekamaa jealous nuvebala heyonuvaane..meee naseeruge faharu

– 19 މާރިޗު 2019 0