ރައީސް ނަޝީދު އުމްރާއަށް ވަޑައިގެންނެވި ފޮޓޯތައް އާންމުވެއްޖެ — Ihavandhoo.com

ރައީސް ނަޝީދު އުމްރާއަށް ވަޑައިގެންނެވި ފޮޓޯތައް އާންމުވެއްޖެ

14 ނޮވެމްބަރު 2013 8

ރައީސް މުހައްމަދު ނަޝީދު އުމްރާއަށް ވަޑައިގެންނެވިކަމަށް ގަބޫލު ނުކުރެވޭކަމަށް ބުނެ އަދާލަތުޕާޓީގެ ދީނީ އިލްމުވެރިން ވާހަކަ ދައްކަވާފައި ވަނިކޮށް ރައީސް ނަޝީދު އުމްރާއަށް ވަޑައިގެންނެވިއިރު ނަގާފައިވާ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ވެސް ހިމެނިވަޑައިގަންނަވާ ޝެއިހް އިލްޔާސް މިއަހަރަގެ އޯގަސްޓް މަހުގެ ދިހަވަނަ ދުވަހު އައްޑުއަތޮޅު ހިތަދޫގައި ބޭއްއްވި ޖަލްސާއެއްގައި ވިދާޅުވެފައިވަނީ ނަޝީދު އުމްރާ އަށް ވަޑައިގެންނެވި ކަމަށް އޭނާގެ ޒަމީރު ގަބޫލް ނުކުރާ ކަމަށެވެ.

ޝޯޝަލް މީޑިޔާގައި ނަޝީދުގެ އުމްރާ ފޮޓޮއެއް ޖަހާލަން ނުލިބުނުކަމަށް ބުނެ އެބޭފުޅާއަށް މީގެކުރިން ވަނީ ވަރަށްބޮޑަށް ހަޖޫޖަހާފައެވެ. ނަޝީދުގެ އުމްރާ ދަތުރުގެ ފޮޓޯތައް އާއްމުވުމުން ރާއްޖޭގެ އިލްމުވެރިޔަކު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ އެފޮޓޯތަކަކީ ވަރަށް މޮޅަށް "އެކްސެލް"އިން އެޑިޓްކޮށްފައިވާ ފޮޓޯތަކެއް ކަމަށެވެ.

ނަޝީދުގެ އުމުރާ ދަތުރާއި ބެހޭގޮތުން ސުވާލުކުރުމުން ރައީސް ނަޝީދުގެ ވިދާޅުވަމުން ގެންދަވާފައިވަނީ، އެނަމިކުފާނު އުމުރާއަށް ވަޑައިގަތުމަކީ “އަމިއްލަ” ކަމެއްކަމުން އެކަމުގެ ވާހަކަ ދައްކަވަން ބޭނުންނުވާކަމަށެވެ. އަދި ހަމައެހެންމެ އޭގެ އެއްވެސް ފޮޓޯޢެއް ވެސް ރަޢީސް ނަޝީދުގެ ވެބްސައިޓުގައި ވެސް ޝާއިރު ކޮށްފައެއް ނުވެ އެވެ.

 

ރިޔާސީ އިންތިޚާބު 2013

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތީ ދޯ އެ ފޮޓޯ ތަކަކީ.. ހީވަނީ މަސްތުވާ އެއްޗެއް ދީގެން ހެއްވާފަ ހުރިހެން. އަމިއްލަ ރުހުމުގަ ހެނެއް ހިއެއް ނުވޭ އުމުރާއަށް ގޮސް އެހެރީ.

– 14 ނޮވެމްބަރު 2013 5

މީހަކު ދެކެ ރުޅިއަޔަސް އެމީހަކުކުރާ ހުރިހާކަމެއް ގޯސްކަންތަކަކަށް ނުވާނެ

– 14 ނޮވެމްބަރު 2013 4

ތީ ދޯ ޤައުމުގަ ހުރި ޑޮލަރުތައް ބައްކޮށްގެން. ޤާސިމު އަށް 8 މިލިޔަން ޑޮލަރުދީގެން ޤާސިމް ބޯކާލަން އުޅުނު ނަޝީދަކީ.

– 15 ނޮވެމްބަރު 2013 4

މުނާފިގުންވެސް އުމްރާ ކުރޭތަ. އެއީ އެޑިޓް ކޮއްފަ ހުރި ފޮޓޯތަކެއްކަން އެނގެން އެބަހުރި

– 15 ނޮވެމްބަރު 2013 3

ދެއްކުންތެރިކަން

– 15 ނޮވެމްބަރު 2013 3

ފޮޓޯ ޖަހާއިރު އެ ހަދާފަ އިން އެއްޗެއް ތޯ ބެލުން މުހިއްމު.ވަރައް ދެރަ ނުބަލަ މިލިޔުން ގެނެސް ދިނީމަ

– 15 ނޮވެމްބަރު 2013 2

މީހަކު ރަނގަލުކަމެއްކުރިޔަސް އެމީހަކަށްވުރެން ނުބާމީހަކު ނޫޅޭނެ؟؟

– 24 ނޮވެމްބަރު 2013 1

އެމީހަކު ކިތަންމެ ރުޅިއަރާ މީހަކުވިސް ރަނގަޅު ކަމެއް ކޮއްފިޔާ އެއީ ރަނގަޅުކަމެއް. ނަޝީދު އިސް ދަ ބެސްޓް.... ދެން ލަލަލާ

– 28 ނޮވެމްބަރު 2013 1