ފޮޓޯއިން : ޖީއީ ސްކޭނަރުގެ 6 މަހުގެ ކުލިނިކަލް ޓެސްޓް ފުރިހަމަކޮށްފި — Ihavandhoo.com

ފޮޓޯއިން : ޖީއީ ސްކޭނަރުގެ 6 މަހުގެ ކުލިނިކަލް ޓެސްޓް ފުރިހަމަކޮށްފި

13 ޖެނުއަރީ 2015 0

 

ފުލޮރިޑާގެ ހޮސްޕިޓަލުން ކޮށްފައިވާ ބަލިމީހެއްގެ ބަނޑުގެ ސްކޭނެއް ދައްކުވާދޭ ފޮޓޮއެއް.

ސިއްހީފަރުވާދިނުމުގެ ބޭނުމުގައި ކުރެވޭ ސްކޭންތަކަށް އިންގިލާބެއް ގެނުވި ޖީއީ ސްުކޭނަރަކީ ހަށިގަނޑުގެ އެތެރެ އެންމެ އިތުބާރާއި އެކު ބަލާލުމުގެ އިތުރުން އަގުހެޔޮ އަދި ސްކޭން ކުރުމަށްވެސް ފަސޭހަ ސްކޭނަރ އެކެވެ.

ހިތާއި ރިބުކޭޖް އަދި މޭގެ ޖަގަހަ ދައްކުވާދޭ ސްކޭނެއް.

ބަލިމީހާގެ ހަށިގަނޑުގެ އެތެރޭގެ ބައިތައް ސްކޭނާރ ބީމް އެކްސްރޭ އެެއްގެ އެހީގައި ކޮމްޕިއުޓަރުން ފަށަލައަކަށްފަހު ފަށަލައެއް ވަރަށް ތަފްސީލީ ގޮތެއްގައި ނަގައިދޭ މި ސްކޭނަރު ފުލޮރިޑާގެ ވެސްޓު ކެންޑަލް ބެޕްޓިސްޓު ހޮސްޕިޓަލުން ވަނީ އަޖުމަ ބެލުމުގެ ގޮތުން 6 މަހުގެ ކުލިނިކަލް ޓެސްޓް ފުރިހަމަކޮށްފައެވެ.

ބޮލުގެ ނާށިގަނޑާއި ސިކުނޑީއާއި ސިކުނޑީގެ ބޭރުގައި ވާ ލޭފޯރުކޮށްދޭ ނިޒާމު ދައްކުވާދޭ ސްކޭނެއް.

މިހާރު އާއްމުކޮށް ސްކޭންކުރުމަށް ބޭނުންކުރެވޭ މެޝިންތަކުގެ އެހީގައި ސްކޭން ކުރާއިރު، ހަށިގަނޑުގެ އެތެރޭގައި ދަނގަނޑު ފަދަ އެއްޗެއް ވޭތޯ ބެލުމަށް ބަލިމީހާ ހަރަކާތްނުކޮށް މަޑުން އޮންނަން ޖެހުނު ނަމަވެސް ޖީއީ ސްކޭނަރަކީ އޭގައި ހައިރިސޮލިއުޝަން މޯޝަން ކަރެކްޝަން ޓެކްނޮލީގާއިމުކޮށްފައިވާ ސްކޭނަރެއްކަމުން ފޮޓޯނެގުމަށް ގެންގުޅޭ ކެމެރާތަކުގައި ހުންނަ ފޮޓޯނަގާވަގުތު އުފެދޭ ކުދިކުދި ތެޅުންތަކުން ފޮޓޯއަށް އަންނަ ނުސާފުކަން ރަނގަޅުކޮށްލާބީދައިން ސްކޭންނަރުވެސް އެމަސައްކަތް އެގޮތަށް ކުރާ ސްކޭނަރެކެވެ. އެހެންކަމުން ހަށިގަނޑުގެ ތެރޭގައިވާ އަބަދާއިއަބަދު ހަރަކާތްތެރިވާ ގުނަވަންތައް ބަލާލުމަށް މިއީ އެއްވަނައިގެ ސްކޭނަރ އެކެވެ.

ސިކުނޑިއަށް ލޭފޮނުވާދޭ ލޭހޮޅިތައް ދައްކުވާދޭ ސްކޭނެއް.

މިސްކޭނަރުގެ އެހީގައި ހަށިގަނޑުގެ އެތެރެއަށް ލޭ ލީކް ވުމާއި ހަށިގަނޑުގެ އެތެރޭގައި އުފެދޭ ޓިއުމަރުތަކާއި އަދި ކަށި ބިނދުން ފަދަ ކަންތައްތައް ފަސޭހަކަމާއެކު ދެނެގަނެވޭ ކަމަށް ވެއެވެ.

 

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ