ނޭމާ ފައިވް، އިހަވަންދޫއަށް

6 އޭޕުރީލު 2017 0

ރެޑްބުލްއިން ބާއްވާ، ބުރެޒިލް އަދި ބާސެލޯނާގެ ތަރި ނޭމާ ޖޫނިއާގެ ޚާއްސަ ފުޓުބޯޅަ މުބާރާތް، "ނޭމާގެ ފައިވް" މުބާރަތުގެ ކޮލިފިކޭޝަން އިހަވަންދޫގައިވެސް ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. ރެޑްބުލްއިން ކުރިޔަށްގެންދާ މިމުބާރާތުގެ އިހަވަންދޫ ކޮލިފައިންބުރުގެ އިންތިޒާމްތައް ހަމަޖައްސަނީ ޔުނައިޓެޑް ޔޫތުންނެވެ. އަދި އިހަވަންދޫ ގައި ބާއްވާ މިމުބާރާތުގެ ކޮލިފިކޭޝަން ބުރުގެ ކޯޑިނޭޓަރަކީ، އިހަވަންދޫ ކައުންސިލަރު މޫސާ އަބުދުލް ލަތީފެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހިނގާ އޭޕްރިލް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފާވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފޯމް ކޯޑިނޭޓަރ މޫސާ އަބުދުލް ލަތީފް މެދުވެރިކޮށް ލިބޭއިރު އޮންލައިންކޮށްވެސް ލިބެއެވެ.

"ނޭމާ ފައިވް" މި މުބާރާތަކީ ވޭތުވެދިޔަ ތިން އަހަރުވެސް ރެޑްބުލްއިން ރާއްޖޭގައި ބާއްވާފައިވާ "ރެޑްބުލް ވިނިން ފައިވް" އާއި ދާދި އެއް ކޮންސެޕްޓެއްގެ ފުޓުބޯޅަ މުބާރާތެކެވެ. އެގޮތުން މިމުބާރާތުގައި ކޮންމެ ޓީމެގައި 5 ކުޅުންތެރިން ކުޅެމުންދާއިރު، އިދިކޮޅު ޓީމުން ޖަހާ ކޮންމެ ގޯލަކަށް އަނެއް ޓީމުގެ ކުޅުންތެރިއަކު ފައިބަން ޖެހެއެވެ. އަދި މިމުބާރާތުގެ މެޗެއްގެ ދިގުމިނަކީ 10 މިނެޓެވެ.

އިހަވަންދޫ ގައި ބާއްވާ މިމުބާރާތުގެ ކޮލިފިކޭޝަން ބުރު އިންތިޒާމްކުރާ ޔުނައިޓޭޑް ޔޫތުން މައުލޫމާތު ދިންގޮތުގައި، މިމުބާރާތް އިހަވަންދޫއަށް ގެނައުމުގެ މަގްސަދަކީ އިހަވަންދޫގެ ކުޅުންތެރިންގެ ހުނަރު މުޅިރާއްޖެއަށް ދައްކައިލުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ